އަފްޣާނިސްތާނުގެ އިގްތިސާދު ފުނޑުފުނޑުވާން ކައިރިވެފައިވާއިރު، މި ރަމަޟާން މަހު، އަފްޣާނިސްތާނުގެ އާއިލާތަކަށް ވަނީ ކާބޯތަކެތި ގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ރޯދަމަހުގެ ކެއިންބުއިމުގެ ކަންކަން ހަމައެކަނި ރޮއްޓާއި ސައިން ހަމަޖައްސާލުމަށް ގިނަ އާއިލާތަކަށް މަޖުބޫރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އައުމާއެކު އަފްޣާނިސްތާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދާއި ކާބޯތަކެތީގެ އަގު އަތްފޯރާވަރަށްވުރެ މައްޗަށް އުފުލިފައިވާއިރު، އަފްޣާނިސްތާނުގެ ގިނަ މީހުންގެ ވަޒީފާތައްވެސް ވަނީ ގެއްލިފައެވެ.
އދ އިން ލަފާކުރާ ގޮތުގައި އަފްޣާނިސްތާނުގެ 28 މިލިއަން މީހުން ނުވަތަ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން މިހާރު ބަރޯސާވެފައިވަނީ ހިލޭ އެހީގެ މައްޗަށެވެ. ނަމަވެސް ތާލިބާނުންގެ ހަރުކަށި ވެރިކަމުގެ އުސޫލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދޭ އެކި ގައުމުތަކާއި، ޖަމިއްޔާތަކުން ވަނީ އަފްޣާނިސްތާނުގައި އެހީ ފޯރުކޮށްދިނުމަށް ހިންގާ އޮޕަރޭޝަންތައް ހުއްޓާލާފައެވެ.
ގައުމުގެ މާލީ ހާލަތު ދައްވުމުގެ ކުރިން އަފްޣާނިސްތާނުގެ ގިނަ އާއިލާ ތަކުން ރޯދަމަހަށް ހާއްސަކޮށް ރޯދަ ވީއްލުމާއި ހާރުކެއުމަށް، ކާމޭޒުމަތި، މީރު އެތައް ބާވަތްތަކުން ފުރިހަމަކުރަމުންދާކަމަށް އަފްޣާން އާއިލާ ތަކުން ބުނެއެވެ.
"ކުރިން އިފްތާރާއި ސަހޫރު ތައްޔާރުކުރަނީ ހަމައެކަނި އަހަރުމެންނަށް އެކަންޏެއް ނޫން. ސިފައިންނާއި، އަވަށްޓެރިންނަށްވެސް ކާއެއްޗެހި ހަދިޔާ ކުރެވޭ. ނަމަވެސް މިހާރު އެއްވެސް އެއްޗެއް ނެތް. ފުއްދާލަން ޖެހެނީ ހަމައެކަނި ސަޔާއި ރޮށި ނުވަތަ ޕާނުގެ ބާވަތްތަކުން،" އަންހެނުންގެ ހައްގުތަކާ ބެހޭ ކުރީގެ އެކްޓިވިސްޓެއް އަދި ކާބުލްގެ ޕްރީސްކޫލެއް ހިންގަމުންދިޔަ ޝަމްސިއާ ހަސަންޒާދާ އަރަބް ނިއުސްއަށް ކިޔައިދިނެވެ.
"އަހަރެން ހިމެނޭ ގޮތަށް އާއިލާގެ ފަސް މީހަކު ކުރިން ވަޒީފާ އަދާކޮށް ލާރި ހޯދާ، ނަމަވެސް މިހާރު ވަޒީފާ އަދާ ކުރަނީ އެންމެ މީހަކު. އޭނާގެ އާމްދަނީ އިން އަހަރެމެންގެ އާއިލާގެ ބޭނުންތައް ފުއްދައެއް ނުދެވޭ."
ކުރީގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ކާބުލްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ނައީމް މީޑިއާއަކަށް ދިން އިންޓަރވިއުވެއްގައި އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ފައިބައިގެން ދިއުމުން އުފާކުރި ނަމަވެސް އިގްތިސާދީ ހާލަތުގެ ސަބަބުން ހިތްހަމަޖެހުމެއް އަދި އުފަލެއްވެސް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.
"މާލީ ހާލަތު ދައްވެ މިދިޔަ ދެ އަހަރު ތެރޭގައި އަހަރެން ލާނެ އެންމެ އައު އަންނައުނެއްވެސް ނުހޯދަން،" އުމުރުން 71 އަހަރުގެ މުހައްމަދު ނައީމް ބުންޏެވެ.
"މީގެކުރިން އިފްތާރާއި ސަހޫރުގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްވެސް އުޅުނިން. ނަމަވެސް މިހާރު ކާނެއެއްޗެއް ނެތް. އެހީގެ ގޮތުގައި ލިބޭ އެއްޗަކުން މަހުގެ ބާވަތެއްވެސް ކާން ލިބެނީ."
މުޅި ދުވަހު ރޯދަ ހިފައިގެން ތިބޭއިރު ރޯދަ ވީއްލައި ހާރުކާނެ އެއްޗެއް ނުލިބުމަކީ އަފްޣާނިސްތާނުގެ ގިނަ އާއިލާތަކަށް މާލީ ހާލަތުގެ ސަބަބުން މިހާރު ކުރިމަތިވަމުންދާ ބޮޑު ގޮންޖެހުމެކެވެ. މިކަންކަން ހައްލު ކުރުމަށް ބައިނަލް އަގުވާމީ އެހީތެރިކަމަށް އެދެން ތާލިބާން ސަރުކާރަށް މަޖުބޫރުވެފައިވީނަމަވެސް، ތާލިބާން ސަރުކާރުގެ ހަރުކަށި ހިންގުންތެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ އެހީ ދޭ ފަރާތްތަކުން ދަނީ އެހީ ދިނުމަަށް ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު