ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިން
ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިން
ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިންގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ޕްލޭނާ ގުޅިގެން އދ ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޔޫކްރޭނުން ޑިމާންޑްކޮށްފިއެވެ.

ޔުކްރެއިނުން މިފަދަ ޑިމާންޑެއް ކޮށްފައިވަނީ ރަޝިޔާއިން ޔުކްރެއިނުގެ އަވަށްޓެރި ބެލަރޫސްގައި ޓެކްޓިކަލް އެޓޮމިކް ހަތިޔާރު ބަހައްޓަން ރާވާފައިވާކަން ހާމަކުރުމުންނެވެ. ޔޫކްރޭންގެ އޮފިޝަލަކު ހާމަކޮށްފައިވާގޮތުން ރަޝިޔާއިން ނިންމާފައިވަނީ ބެލަރޫސް ރަހީނުކޮށް ނިއުކްލިއާ ހަތިޔާރު ބެހެއްޓުމަށެވެ.

ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓަން ރާވާފައި ވަނީ ހުޅަނގުން ޔޫކްރޭނަށް ދޭ އަސްކަރީ އެހީތެރިކަން އިތުރު ކުރަމުންދާތީކަމަށް ރަޝިޔާއިން ހާމަކޮށްފައިވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ޕޫޓިންގެ ނިއުކްލިއަރ ހަތިޔާރު ބެހެއްޓުމުގެ ޕްލޭން އިއުލާން ކުރެއްވަމުން، އެނިންމުން ނިންމަވާފައިވަނީ، އިނގިރޭސިވިލާތުން ޔޫކްރޭނަށް ޑިޕްލީޓް ޔޫރޭނިއަމް ހިމެނޭ އާމޯ ޕިއާސިން ވަޒަންތަކެއް ދިނުމަށް ނިންމުމާއި ގުޅިގެންކަމަށްވެސް ޕޫޓިން ވިދާޅުވެފައިވެއެވެ.

ޕޫޓިން ވިދާޅުވީ ބެލަރޫސްގައި އެގައުމުގެ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބެހެއްޓުމަކީ ރަޝިޔާއިން އެމެރިކާގެ އަމަލުތައް ދަސްކޮށް އެމެރިކާ ފަހަތުން ކުރިއަށް ދިއުންފަދަ ކަމެއްކަމަށެވެ. ޕޫޓިން ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން ވަނީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ބެލްޖިއަމް، ޖަރުމަން، އިޓަލީ، ނެދަލެންޑްސް އަދި ތުރުކީ ގައި ވެސް ބަހައްޓާފައެވެ.

"އަޅުގަނޑުމެން މިކުރަނީ އެތައް އަހަރު ވަންދެން އެމީހުން ކުރަމުން އައި ކަންތައް. އެކުވެރި ގައުމެއްގައި (ހަތިޔާރު) ސްޓޭޝަންކޮށް، ލޯންޗް ޕްލެޓްފޯމްތައް ތައްޔާރުކޮށް، ކްރޫން ތަމްރީނު ކުރަމުގެ މަސައްކަތް،" ޕޫޓިން ވިދާޅުވި އެވެ.

ޔޫކްރޭންގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިޔާގެ މިނިންމުން ކުށްވެރިކޮށް، މިކަން ހުއްޓުވުމުގެ މަގުސަދުގައި އދ ގެ ކުއްލި ބައްދަލުވުމަކަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން