އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޤަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެފައިވާތީ ޤާސިމްގެ ވާރިސުން ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފިއެވެ.
މި މައްސަލައިގައި ހެކިބަސްނަގާ ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ އޮކްޓޯބަރު މަހު އެވެ. އެ ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ ދަޢުވާއަށް އިބްތިދާއީ މަރުޙަލާގައި އިންކާރު ކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި އަދުހަމް ވަނީ ދަޢުވާއަށް އިޢުތިރާފްވެފައެވެ. ނަމަވެސް އަދުހަމް ބުނެފައިވަނީ އެއީ ޤާސިމް މަރާލުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި، އެ ޢަމަލަކީ މަސްތުގެ ހާލުގައި ހުރުމުން ފޭރުމުގެ ތެރޭގައި އޭނާގެ އަތުންވީ ކަމެއް ކަމަށެވެ.
އަދުހަމްގެ މައްޗަށް މަރުުގެ މައްސަލަ ސާބިތުވުމުން މިއަދު ވަނީ ގާސިމްގެ ވާރިސުން ސާބިތު ކުރަން ހެކިންގެ ހެކިބަސް ނަގައިފައެވެ. ހެކިވެރިން ބުނެފައިވަނީ ގާސިމް ނިޔާވިއިރު ދުނިޔޭގައި ފަސް ދަރިން ތިބި ކަމަށާއި ޤާސިމް ނިޔާވިއިރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތް ކަމަށެވެ.
މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް މިއަދު ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގައި ވާރިސުންގެ ބަސް ނެގުން ކަމަށާއި ނިޔާ ކަނޑައެޅޭނީ އޭގެފަހުން ކަމަށެވެ. ހަމައެއާއެކު ވީ އެންމެ އަވަހަކަށް ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ.
މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހުޅުމާލޭ ހޮސްޕިޓަލަށް ޙާޟިރުވި ފުލުސް އޮފިސަރުބުނީ ޤާސިމްގެ ކަރުގެ ވާތް ފަރާތުގައި ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ހުރިކަމަށާއި ދެ އަތުގެ އިނގިލިތަކާއި، ކަނާތު ކުޑަހުޅާ ދިމާއިންވެސް އެފަދަ ޒަޚަމްތަކެއް ހުރިކަމަށެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު