ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އައްޝައިޚް އިލްޔާސް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ރޭ ބޭއްވި 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. "ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ" މި މައުޟޫޢަށް ފޯރަމްގައި ތަޤްރީރު ކުރަށްވަމުން ޝައިޚް އިލްޔާސް ވަނީ ރަމަޟާންމަހުގެ 11 ދުވަސް ވޭތުވެގެން ދިޔައިރު ތަޤުވާވެރިވެ، އަދި ތައުބާވުމަށް މަސައްކަތްކުރެވުނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ.
ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއްކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރަންޖެހޭކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. ހަމައެއާއެކު ވިސްނާ ފިކުރުކުރުމާއިއެކު ޤުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށާއި، ވިސްނާ ފިކުރުކޮށް ޤުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއްކަމަށާއި މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއިއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް ޢަމަލުކޮށްގެންކަމަށެވެ. އަދިހަމައެހެންމެ ކީރިތި ޤުރުއާނުގެ ބަރަކާތުން އީމާންތެރިކަން އިތުރުވާކަން ފާހަގަކުރައްވާ މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް ޝައިޚް ވިދާޅުވިއެވެ.
ރޭގެ ފޯރަމަށް ޙާޟިރުވެ ތިބި ސްކޫލްތަކުގެ ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ޢަމަލުކުރަންޖެހޭ ގޮތާއި ޢަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ޤުރުއާން ދިރާސާކޮށް ޤުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް ރޭގެ ފޯރަމްގައި ޝައިޚް ވިދާޅުވިއެވެ. އެހެންކަމުން ޤުރުއާނަށް ހަޤީޤީ މާނައިގައި އެނބުރި ރުޖޫޢަވުމަށް ޝައިޚް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު