1990 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޓީވީކަމުގައިވާ ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ ރަމަޟާން މަހަކު ދައްކަމުން އަންނަ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާއަކީ، އެ ސިލްސިލާ ދައްކަން ފެށީއްސުރެ ދިވެހީންގެ މެދުގައި ޚާއްޞަ މަޤްބޫލުކަމެއް ދެވިފައިވާ ސިލްސިލާއެކެވެ. އެ ސިލްސިލާގައި ހިނގާ ކަންކަމާއި ޑައިލޮގުތައް ދިވެހީން ގިނަ ބަޔަކު ހިތުދަހެވެ. އަދި އޭގައި ހިނގާ ކަންކަން މީސްމީޑިއާގައި "މީމް" ތަކެއްގެ ގޮތުގައިވެސް ފެނިގެން ދެއެވެ. ދިވެހީންގެ ތެރޭގައި މި ސިލްސިލާ މިހާ މަޤްބޫލުވީ ޚާއްޞަކޮށް އޭގައި އެކްޓުކޮށްފައިވާ ތަރީންގެ އެކްޓުކުރުމުގެ ފުރިހަމަ ކަމާއެކު، އޭގެ ދިވެހި ތަރުޖަމާއާއި، އެޔަށް ދިވެހި ބަހުން އަޑުއަޅާފައިވާ ލެއް ފުރިހަމަ ކަމުންނެވެ.
މި ސިލްސިލާއަކީ މީގެ 60 ވަރަކަށް އަހަރުކުރިން މިސްރުގެ މަޝްހޫރު ލިޔުންތެރިޔެއް ކަމަށްވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔެފައިވާ ނަބީބެކަލުންގެ ވާހަކައަކަށް ޢަބްދުލްފައްތާޙް މުޞްޠަފާ ލިޔެފައިވާ ސްކްރިޕްޓަކަށް ކުޅެފައިވާ ސިލްސިލާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ މިސްރުގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަޙްމަދު ޠަންޠާވީއެވެ. 1980 ވަނަ އަހަރުގެ ޖުލައި 15 ގައި ފުރަތަމަ ބައި، އެއީ އިބްރާހީމްގެފާނުގެ ބައިން ފެށިގެން ޔޫސުފްގެފާނުގެ ބައިގެ ނިޔަލަށް، ރިލީޒްކުރި މި ސިލްސިލާގައި މިސްރުގެ މަޝްހޫރު ފިލްމީތަރިން ބައިވެރިވެފައިވެއެވެ. މީގެތެރެއިން ގިނަ ތަރީން މިހާރު ވަނީ ދުނިޔެއަށް އަލްވަދާއުވެސް ކިޔާފައެވެ.
ދިވެހީންގެ މެދުގައި މިހާ މަޤްބޫލު ސިލްސިލާއެއްގެ މުހިއްމު ކެރެކްޓަރތައް ކުޅެފައިވާ ތަރީންނަކީ ކޮބައިކަން އެނގުމަކީ ވަރަށް ގިނަ ދިވެހީން އެކަމަކަށް އެދިއެދި ތިބޭނެ ކަމެއްކަން ޔަގީނެވެ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ މުހިއްމު ރޯލްތައް ކުޅުނު ތަރީންގެ މައުލޫމާތު ސިލްސިލާއެއްގެ ގޮތުގައި މި ރޯދަމަހުގެ ތެރޭގައި މި ނޫހުގެ ކިޔުންތެރީންނަށް ގެނެސްދޭށެވެ. މިގޮތުން މިއަދު މިފަށަނީ އެ ސިލްސިލާގެ ވަރަށް މުހިއްމު ތިން ކެރެކްޓަރއެއްކަމަށްވާ އިބްރާހީމްގެފާނުންގެ ބައިން އިލީއާޒަރާއި، މޫސާގެފާނުންގެ ބައިން ސިންހޫތާއި ކަހުފުބާގައިގެ މީހުންގެ ބައިން ޔަމްލީޚާގެ ރޯލްއަދާކުރި މިސްރުގެ މަޝްހޫރު އެކްޓަރު ޝުކްރީ ސަރްޙާންގެ މައުލޫމާތުންނެވެ.
ޝުކްރީ ސަރްޙާންގެ ފުރިހަމަ ނަމަކީ މުޙައްމަދު ޝުކްރީ އަލްޙުސައިނީ ސަރްޙާންއެވެ. އޭނާއަކީ މިސްރުގެ އެންމެ މޮޅު, އެންމެ މަޤްބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ އުފަންވީ 12 މާޗު 1925 ގައި މިސްރުގެ އަލްޝަރްޤިއްޔާގައެވެ. އޭނާ އެކްޓުކުރަން ދަސްކުރީ މިސްރުގެ ހައި އިންސްޓިޓިއުޓް އޮފް އެކްޓިންގ އިންނެވެ. ގްރެޖުއޭޓްވީ 1947 ގައެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 1949 ގައި ކުޅުނު "ލަހާލީބޫ" އެވެ. އޭނާއަށް ފިލްމީ ތަރިއެއްގެ ލަގަބު ލިބުނީ 1951 ވަނަ އަހަރު މަޝްހޫރު ޑައިރެކްޓަރު ޔޫސުފް ޝާހީންގެ "އިބްނު އައްނީލް" ގެ ބަޠަލުގެ ބައި އަދާކުރި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ގިނަ ފިލްމުތަކެއްގެ ބަޠަލުގެ ރޯލުއަދާކޮށް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދިއެވެ.
ޝުކްރީ ސަރްޙާނަށް "ސްރީނުގެ ޒުވާނާގެ" ލަގަބާއެކު އެތައް އެވޯޑެއް ލިބުނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެވޯޑްތަކުގެ ތެރޭގައި މިސްރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރުގެ އަތްޕުޅުން ލިބުނު "ވިސާމުއްޖުމްހޫރިއްޔާ" ގެ އެވޯޑު ހިމެނެއެވެ. މިސްރުގެ މަޝްހޫރު އެކްޓްރެސް ފާތިން ޙަމާމާއެކު އޭނާ ބަޠަލުގެ ރޯލުއަދާކުރި "ލައިލަތުލްޤަބްޟް ޢަލާ ފާޠިމާ" އަށް އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ. މިސްރުގެ އެންމެ މޮޅު 100 ފިލްމުގައި އެހެން ހުރިހާ އެކްޓަރުންނަށް ވުރެ ގިނައިން ބައިވެރިވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން މިސްރުގެ ފިލްމް އިންޑަސްޓްރީއަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ތެރޭގައި، އޭނާ ވަނީ ގަރުނުގެ އެންމެ މޮޅު އެކްޓަރުގެ ގޮތުގައި ހޮވާފައެވެ.
ޝުކްރީ ޝަރްޙާން އެންމެ ފަހުން ކުޅުނު ފިލްމަކީ 1991 ވަނަ އަހަރު ކުޅެފައިވާ "އަލްޖަބްލާވީ" އެވެ. އޭގެ ފަހުން ފިލްމު ކުޅުން ހުއްޓާލުމަށްފަހު ހަޔާތުގެ ފަހުބައި ހޭދަކުރީ ޤުރުއާން ކިޔެވުމުގައެވެ. އޭނާ ޤުރުއާނަށް ލޯބިކުރާލެއް ބޮޑުކަމުންނާއި، ގިނަވަގުތު ޤުރުއާން ކިޔެވުމުގައި ހޭދަކުރާތީ އޭނާއަށް ޤުރުއާނުގެ ލޯބިވެރިޔާއޭވެސް ކިޔައިއުޅުނެވެ. އޭނާ ނިޔާވީ އުމުރުން 72 އަހަރުގައި 29 މާޗު 1997 ގައެވެ.
ޝުކްރީ ސަރްޙާން ދެ ކައިވެންޏެއް ކުރިއެވެ. ފުރަތަމަ ކައިވެންޏަކީ އަރްމީނިއާގެ ނެށުންތެރިއެއް ކަމަށްވާ ހާމީންއާ ކުރި ކައިވެންޏެވެ. އެހެންނަމަވެސް އާއިލާއާ ދެކޮޅަށް ކުރި މި ކައިވެނި ދެމިއޮތީ އެންމެ ދެ އަހަރަށެވެ. އޭގެ ފަހުން އޭނާ ކައިވެނިކުރީ ނަރީމާން ޢައްބާސް ޢައުފްއާއެވެ. މި ކައިވެނިން އޭނާއަށް ދެ ކުދިން ލިބުނެވެ. އެއީ ޔަޙްޔާ ޝުކްރީ ސަރްޙާނާއި ޞަލާޙް ޝުކްރީ ސަރްޙާނެވެ. ޞަލާޙަކީވެސް އޭނާގެ ބައްޕަ ފަދަ އެކްޓަރެކެވެ. ޞަލާޙް ވަނީ 2014 ގައި އުމުރުން 49 އަހަރުގައި ނިޔާވެފައެވެ. "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި އިބިލީހުގެ ބައި ކުޅެފައިވާ ސާމީ ސަރްޙާނަކީ ޝުކްރީ ސަރްޙާންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.

ކިޔުންތެރިންގެ ހިޔާލު