ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަަނަށް 1،310،160 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ފާއިތުވި ރަމަޟާންމަހު، މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 1،092،547 ރުފިޔާ ލިބިފައިވާއިރު 1442 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 977،301 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާ ކަމަށާއި މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށެވެ.



މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ފިޠުރު ޒަކާތް ބަހާނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން