ގުދުސްގެ އަލް އަޤްސާ މިސްކިތުގައި އަޅުކަންކުރަން ތިބި މުސްލިމުންތަކަކަށް އިސްރާއީލުގެ ފުލުހުން ހަމަލާދީފިއެވެ.

މިހަމަލާގައި ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބުދަ ދުވަހުގެ ފަތިހުގެ ކުރިން މިރޭޑް ކުރިއަށް ގެންދިޔައިރު އިސްރާއީލުގެ ފުލުހުން ބުނަމުންދިޔައީ އެހަމަލާއަކީ ފަލަސްތީނުގެ ރައްޔިތުން ހިންގި ހަމަނުޖެހުމަށް ދޭ ރައްދެއް ކަމަށެވެ. އިސްރާއީލުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތަށް ވަންނަން މަޖުބޫރުވީ މާސްކު އަޅާފައި ތިބި ބަޔަކު ބަޑިބޭހާއި، ލަޓިބުރިއާއި، ގާ ހިފައިން މިސްކިތުތެރެއަށް ވަދެ ފިލުމުން ކަމަށެވެ. އަދި މިސްކިތަށް ފުލުހުން ވަނުމުން ފުލުހުންނާއި ދިމާލަށް ގަލާއި ލަޓިބުރި އަދި ބަޑި ބޭސް އުކާފައިވާކަމަށް އިސްރާއީލުގެ ފުލުހުން ބުނެފައިވެއެވެ.

އިޒްރާއީލުގެ ފުލުހުން އަލް އަޤްސާ މިސްކިތުގެ ގޯތިތެރެއަށް ވައިން ވަގުތު މިސްކިތުގައި ޤުރުއާން ކިޔަވަން އިން ދުވަސް ވީ އަންހެނަކު ބުނީ، ހަމަ ކުއްލިއަކަށް ފުލުހުން މިސްކިތު ތެރެއަށް ވަދެ ސްޓަން ގްރެނޭޑް އުކައި ހަމަލާ ދޭން ފެށީކަމަށެވެ. އަދި ފުލުހަކު މިސްކިތު ތެރެއަށް އެއްލި ސްޓަން ގްރެނޭޑަކުން އޭނާގެ މޭމަތީގައިވެސް ޖެހުނު ކަމަށެވެ.

އިޒްރާއީލުން މި ހަމަލާ ދީފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން