"މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ އެކްޓަރުންގެ ތެރެއިން މިއަދު މި ބަލާލަނީ އެ ސިލްސިލާގައި އެންމެ މުހިއްމު އެއް ރޯލު އަދާކުރި މިސްރުގެ މަޝްހޫރު އެކްޓަރު ޢަބްދުﷲ ޣައިޘްގެ މައްޗަށެވެ. 15 ޖުލައި 1980 ގައި އޭގެ ފުރަތަމަ ބައި ރިލީޒްކުރެވުނު "މުޙައްމަދު ރަސޫލުﷲ" ސިލްސިލާގައި ޢަބްދުﷲ ޣައިޘް އެންމެ ފުރަތަމަ އަދާކުރި ރޯލަކީ ސަލާމްލެއްވި އިބްރާހީމްގެފާނުން ފެށިގެން ސަލާމްލެއްވި ޔޫސުފްގެފާނާ ހަމައަށް ހުރިހާ ނަބީބޭކަލުން ވިދާޅުވާ ވާހަކަފުޅުތައް، ސިލްސިލާ ބަލާ މީހުންނަށް ގެނެސްދޭން ސްކްރީންގެ މައްޗަށް އަރާފައި ހުންނަ ކެރެކްޓަރުގެ ރޯލެވެ. އޭގެ އިތުރުން ޢީސާގެފާނާއި ކަހުފުބާގައިގެ މީހުންނާ ބެހޭ ބައިގައި މުސްކުޅި އެދުރުބެގެ ދައުރު އަދާކޮށްފައިވަނީވެސް އޭނާއެވެ.
ޢަބްދުﷲ ޣައިޘަކީ ހުރިހާ ޢަރަބީންނާއި އަދި އޭނާގެ މަސައްކަތް ފެނުނު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކުޅަދާނަ މޮޅު އެކްޓަރެކެވެ. އޭނާގެ ފުރިހަމަ ނަމަކީ ޢަބްދުﷲ ޙަމްދީ އަލްޙުސައިނީ ޣައިޘެވެ. ޢަބްދުﷲ ޣައިޘް އުފަންވީ 28 ޖެނުއަރީ 1930 ގައި މިސްރުގެ އަލްޝަރްޤިއްޔާގެ އަވަށެއް ކަމުގައިވާ ކަފްރް ޝަލްޝަލްމޫންގައެވެ. އުފަންވީ އަވަށުގެ ގަދަރުވެރި މުއްސަނދި އާއިލާއަކަށެވެ. އޭނާގެ ބައްޕައަކީ އެ އަވަށުގެ މޭޔަރުވެސް މެއެވެ.
ޢަބްދުﷲ ޣައިޘަކީ އެއްގޮތަކަށްވެސް ކިޔެވުމަށް މާބޮޑު ޝައުގެއް ހުރި މީހެއް ނޫނެވެ. އެހެންކަމުން ހައިސްކޫލް ޑިޕްލޮމާއަށް ފަހު އޭނާ އުޅުނީ ބައްޕައަށް އެހީތެރިވެދިނުމުގައެވެ. މިގޮތަށް އުޅެނިކޮށް އޭނާގެ ދޮށީ ބޭބެ ޙަމްދީ ޣައިޘް، ފަރަންސޭސިވިލާތުގެ ޕެރިހުން އެކްޓިން ދަސްކުރުމަށްފަހު މިސްރުގެ ހައި އިންސްޓިޓިއުޓް އޮފް ތިއެޓްރިކަލް އާޓްސްގެ އުސްތާޛެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމަށްފަހު، އޭނާގެ ކޮއްކޮ ޢަބްދުﷲ ޣައިޘަށް އެ އިންސްޓިޓިއުޓަށް ވަނުމަށް ހިތްވަރުދިނެވެ. އެގޮތުން ހިތްވަރު ލިބިގެން އެތަނުން ކިޔަވަމުން އައިސް 1955 ގައި ޢަބްދުﷲ ޣައިޘް ދަސްވެނިވިއެވެ.
ދަސްވެނިވުމަށްފަހު ގިނަ ދުވަސްތަކެއް ވާންދެން ސްޓޭޖް ޑްރާމާތައް ކުޅެމުން އައިސް، އޭނާ ފިލްމު ކުޅެން ފެށީ 1962 ގައެވެ. މިގޮތުން އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ 1963 ގައި ރިލީޒްކުރެވުނު "ލާ ވަޤްތަ ލިލްޙުއްބު" އެވެ. އޭގެފަހުން އޭނާ ތަފާތު އެތައް ފިލްމެއްގައި ތަފާތު އެކި ރޯލްތައް އަދާކޮށް މިސްރު މީހުންނާއި، ޢަރަބީންނާއި އަދި ޢަރަބި ފިލްމު ބަލައިއުޅޭ އެހެނިހެން މީސްމީހުންގެ މެދުގައި މަޤްބޫލު ތަރިއަކަށްވިއެވެ.
ޢަބްދުﷲ ޣައިޘްގެ އަތުގައި ނަސީބު ހިފީ 1976 ގައި ސީރިޔާއަށް އުފަން ބައިނަލްއަޤްވާމީ ޑައިރެކްޓަރު މުޞްޠަފާ އަލްޢައްޤާދް، އޭނާ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް އުފައްދާ ފިލްމް "ދަ މެސެޖް" ގެ ޢަރަބި ވަރޝަން، "އައްރިސާލާ" ގެ އިސްރޯލެއް ކަމަށްވާ ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު ޙަމްޒާގެފާނުގެ ރޯލަށް ޢަބްދުﷲ ޣައިޘް ނެގި ހިސާބުންނެވެ. އިނގިރޭސި ފިލްމާއި، ޢަރަބި ފިލްމު އެކިއެކީގައި ޝޫޓްކުރެވުނު މި ފިލްމުގެ އިނގިރޭސި ވަރޝަންގައި ޙަމްޒާގެފާނުގެ ރޯލް އަދާކުރީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެންތަނީ ކުއިންއެވެ. އޭގެ ސަބަބުން ބައިނަލްއަގްވާމީ ބޮޑު އޯޑިއެންސްއަކަށް އޭނާ ތައާރަފުވެ ގިނަ ބައެއްގެ މެދުގައި އޭނާގެ މަޤްބޫލުކަން އިތުރުވެގެން ދިޔައެވެ. ބުނެވޭ ގޮތުގައި މި ފިލްމު ކުޅުމުގެ ތެރޭގައި އެންތަނީ ކުއިން ޙަމްޒާގެފާނުގެ ރޯލު އަދާކުރުމުގައި ނަމޫނާއަކަށް ބެލީ ޢަބްދުﷲ ޣައިޘެވެ.
ޢަބްދުﷲ ޣައިޘް ވަނީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގައިވެސް މުހިއްމު ރޯލުތައް އަދާކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ސިލްސިލާއަކީ އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ މަޤްބޫލު "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާއެވެ.
ތަފާތު އެކި ފިލްމުތަކާއި ސިލްސިލާތަކުގެ ޝޫޓިންތަކުގައި ގިނަވަގުތު އަވަދިނެތި އުޅުނުއިރު ޢަބްދުﷲ ޣައިޘަށް އެއްގޮތަކަށް ވެސް އޭނާގެ ޞިއްޙީ ޙާލަތާމެދު ވިސްނިފައެއް ނުވެއެވެ. މިގޮތުން އޭނާގެ ބިޒީ ޝެޑިއުލްގެ ތެރެއިން 1992 ވަނަ އަހަރުގެ ތެރޭގައި "ޛިއާބުލްޖަބަލް" ސިލްސިލާގެ ޝޫޓިންއެއްގައި އުޅެނިކޮށް ބިންމައްޗަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމާއި އަދި އޭގެ އެންމެ ފަހު މަރުހަލާގައި ހުރިކަން އެނގުނެވެ. އެ ބަލީގައި އޭނާ ނިޔާވީ ޢުމުރުން 63 އަހަރުގައި 12 މާޗު 1993 ގައެވެ.
ޢަބްދުﷲ ޣައިޘް ކައިވެނި ކުރީ އޭނާގެ ބޮޑުދައިތަގެ ދަރި ވަޖީޙާ ޢަލީ އިބްރާހީމްއާއެވެ. ވަޖީޙާއާއި ޢަބްދުﷲ ޣައިޘަކީ ކުޑައިރުއްސުރެ ދެ ލޯބިވެރިންނެވެ. މި ކައިވެނިން އޭނާއަށް ތިން ދަރިން ލިބުނެވެ. އެއީ އަލްޙުސައިނީއާއި، އަދްހަމްއާއި، ޢަބްލާއެވެ. މި ލިޔުމުގައި ކުރިން ބަޔާންކުރެވުނު، އޭނާގެ ބޭބެ ޙަމްދީ ޣައިޘަކީ އޭނާއާއެކު "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި ޢަމާލީޤުންގެ ވެރިޔާ ޞަމައިދާ ބުނު ޤާޠޫރާގެ ރޯލް އަދާކުރި އެކްޓަރެވެ. އަދި ހަމަ އެހެންމެ ޙަމްދީވަނީ ޢަބްދުﷲއާ އެކީ "ދަ މެސެޖް" ގެ ޢަރަބި ވަރޝަން "އައްރިސާލާ" ގައި އަބޫސުފްޔާންގެ ރޯލު ވެސް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު