މިރޯދަމަހުގެ ފަހުދިހައިގައި މާލޭ ސަރައްހަދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭ ސަރަހައްދުގައި އިސްލާމީ މަރުކަޒު ހިމެނޭގޮތުން މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދަމުނަމާދު ކުރުމުގެ އިތުރުން މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 6 މިސްކިތެއްގައި ރަމަޟާންމަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށެވެ.
ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު