އިޒްރާއީލުން ގާޒާ އަދި ލުބުނާނަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތައް ދީފައިވަނީ ގާޒާ އަދި ލުބުނާނުން ހަމަލާ ދިނުމުން ރައްދުގައި ކަމަށް އިޒްރާއީލުން ބުނެއެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކަކީ ބުރާސްފަތި ދުވަހު ލުބުނާނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ފޮނުވާލި 34 ރޮކެޓްގެ ބާރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. އިޒްރާއީލުން ބުނާގޮތުން އެމީހުންނަށް ހަމަލާ ދީފައިވަނީ އަސްކަރީ ޖަމާއަތެއްކަމަށްްވާ ހަމާސް އިންނެވެ.

މިހަމަލާ އާއި ބެހޭގޮތުން ހަމާސް އިން އަދި ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ އިސްރާއީލުގެ އުދުވާނީ އަމަލުތަކާ ކުރިމަތިލާން ފަލަސްތީނު ރައްޔިތުން އަތް އުރާލައިގެން ނުތިބޭނެ ކަން ހާމަކޮށްފައެވެ.

މިހަމަލާތައް ބަދަލުކޮށްފައިވަނީ، މި ހަފުތާގެ ކުރީކޮޅު ގުދުސްގެ އަލް އަގްސާ މިސްކިތުގައި އިސްރާއީލުން ދެ ރޭ މަތިން ހިންގި އޮޕަރޭޝަންތަކާއި ގުޅިގެން ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިޒްރާއީލުގެ މި ރޭޑްތަކުގެ ސަބަބުން އަލްއަގްސާ މިސްކިތުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލު ސިފައިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން