އީރާނުގެ ދެ އަންހެންކަނބަލުން ފޮޓޯ: ދަ ގާޑިއަށް
އީރާނުގެ ދެ އަންހެންކަނބަލުން ފޮޓޯ: ދަ ގާޑިއަށް
އީރާނުގައި ބުރުގާ ނާޅައި ނިވާނުވެ މަގުމަތީގައި އުޅޭ މީހުން ދެނެގަތުމަށް އެޤައުމުގެ ފުލުހުން ސްމާޓް ކެމެރާ ބޭނުން ކުރުމަށް ނިންމާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްކޮށްފައިވާގޮތުން، މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަގުމަތީގައިއާއި އާއްމު ތަންތާގައި އެޤައުމުގެ އާދަކާދައާއި ޤާނޫނާއި ޚިލާފުވާ މީހުން ދެނެގަތުމުގައި ސްމާޓް ޓޫލްސްތަކާއި ކެމެރާ ބޭނުންކޮށް އެފަދަ މީހުންނަށް ފިޔަވަޅު އަޅާނެކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ހިޖާބް ގަވައިދުތަކާއި ޤާނޫނައި ޚިލާފުވާ މީހުންނަށް އެކަމުގެ ހެކީގެގޮތުގައި ފޮޓޯއާއިއެކު ކުށް ތަކުރާރުކޮށްފިނަމަ އެޤައުމުގެ ޤާނޫނުން ލާޒިމްކުރާ ހުކުމް ތަންފީޒުކުރާނެ ކަމުގެ އިންޒާރު ދޭނެކަމަށާއި ހުކުމް ތަންފީޒްކުރާނީ ދެވަފަހަރަށް ކުށް ތަކުރާރުކުރާ މީހުންނަށެވެ.

އީރާނުގައި މިފަހުގެ ތާރީޚެއްގައި ބުރުގާ އަޅާ މީހުން މަދުވެފައިވަނީ ބުރުގާގެ މައްސަލައެއްގައި 22 އަހަރުގެ ޤުރްދިޝް އިރާނިއަން އަށް ނިސްބައްވާ މާސާ އަމީނީ ހައްޔަރުގައި ހުއްޓައި މަރުވުމުންނެވެ. މިކަމާއި ގުޅިގެން ބުރުގާ ނަގައިގެން އެޤައުމާއި އަދި އެހެން ޤައުމުތަކުގައިވެސް އިހުތިޖާޖުތައް ކުރިއެވެ.

ބުރުގާ ނެގުމާއި ހިޖާބް ގަވައިދުތަކާއި ޚިލާފުވާމީހުން ދެނެގަނެ އެމީހުންނަށް ފިޔަވަޅު އަޅާނީ އިންޒާރުދިނުމަށްފަހު ދެވަނަފަހަރަށް ކުށްތަކުރާރުރުމުން ކަމަށް އެޤައުމުގެ ފުލުހުންގެ ޗީފް، އަހްމަދު ރިޒާ ރަދަން ޕްރެސް ކޮންފަރެންސްއެއްގައި ބުނެފައިވެއެވެ. އަދި ކާރުން ދަތުރުކުރާއިރު ފަސިންޖަރު ސީޓުގައި ތިބޭ މީހުންވެސް ނިވާ ނުވާކަމަށްވާނަމަ، ކާރުގެ ވެރިފަރާތަށް އިންޒާރުގެ މެސެޖު ފޮނުވާނެ ކަމަށާއި އަދި ކުށް ތަކުރާރުކޮށްފިނަމަ، ވެހިކަލް ޓޯވްކުރާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އީރާނުގެ ބުރުގާއާއި ބެހޭގޮތުން ހެދިފައި ހުރި ގަވައިދު ތަކަކީ އެޤައުމުގެ ގިނަ ބަޔަކު ގަބޫލުކުރާ ގަވައިދުތަކެކެވެ. އެހެންނަމަވެސް އޭގެ ނާޖައިޒް ފައިދާ ނަގައި މީހުންނަށް ފޮށޭ މީހުންވެސް އެތަނުގައި މަދެއް ނޫނެނެވެ. މިދިޔަ ހަފްތާފައި ދައުރުވި ވީޑިއޯއަކުން ދައްކާގޮތުގައި ދެއަންހެނަކު ބުރުގާ ނާޅައި ދަނިކޮށް އެހެން މީހަކު އެމީހުންނަށް ފޮށި އެމީހުންނާއި ދިމާލަށް ޔޯގަޓް އުކާ މަންޒަރު ފެނެއެވެ. އަދި މިދެއަންހެނުން ބުރުގާ ނާޅައި ތިބިމުން ފަހުން ހައްޔަރު ކުރިކަމަށްވެސް ވެއެވެ.



މިދިޔަ މާޗް މަހުގައި އީރާނުގެ ހެޑް އޮފް ޖުޑިޝަރީއިން ނެރެފައިވާ ބަޔާނެއްގައިވަނީ ބުރުގާ ނެގުމަކީ އެޤައުމުގައި ބަލައިގަންނަ މިންގަނޑުތަކާއި ޚިލާފްވެ އެކަންކަމާއި ދެކޮޅުހެދުމެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާމީހުންނަށް އަދަބު ދެވޭނެ ކަމަށެވެ.

އަންހެނުން ބުރުގާ އެޅުމުގެ މިޤަވައިދު އެޤައުމުގައި ތަންފީޒުކުރަން ފަށާފައިވަނީ 1979 ގައި އީރާންނަށްއައި އިސްލާމިކް ރިވޮލިއުޝަންއާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން