ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލި ނައީމާގެ މަރަށްފަހު އެރަށުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މަނަދޫ ކައުންސިލުގެ އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ އެކިތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން ބޭނުންވާތީވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.
އެގޮތުން އެ ރަށުގައި ސީސީޓީީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، އެ ކަމަށް އެދި މި މަހު 27 ގެ ނިޔަލަށް ބިޑް ހުށައެޅުމަށް ކައުންސިލުން އެދިފައިވެއެވެ. އެމަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަކީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.
މަނަދޫގައި އެކަނި އުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސެނިކޮށެވެ. މިހާތަނަށް އައިއިރުވެސް އޭނާގެ މަރާއި ގުޅޭގޮތުން މާބޮޑު ތަފްސީލްތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.
ނަޢީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން އެމަރުގެ ތަޙުޤީޤުކުރިއަށް ގެންދަނީ ހޮމިސައިޑް ނުވަތަ މަރާލާފައިވާ މީހެއްގެ ތަޙުޤީޤުގެ ގޮތުގައެވެ. އަދި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަޙުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތާއި ސާމްޕަލްތައް ނެގުމަށްފަހު ނަޢީމާގެ ހަށިގަނޑު މިހާރުވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު