އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުދީނަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިޙްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ރޭ ތަޤްރީރުކުރައްވަމުންނެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށްވެސް ރޭގެ ފޯރަމްގައި ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މިފަދައިން އިސްލާމްދީން ކުރިހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު