ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް އެޅުމަކީ އާންމު ކަމަކަށް އިދިކޮޅު ފަރާތްތަކުން ހަދާފައިވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިޙްތިޖާޖުގައި ރޭވެސް އާރުޓީއެލް ބަހެއް ހުއްޓުވައި ޢާއްމު ދަތުރުފަތުރަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި މިހާރުވަނީ ޢާއްމު ވެފައެވެ. އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ، އެގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް އެޅުމަކީ އިދިކޮޅުން އާންމު ކަމަކަށް ހަދާފައިވާ ކަމަށާއި، އިދިކޮޅު މުޒާހަރާތަކުގައި އެގޮތަށް އަމަލުކުރުމުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއަށް ދަތިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތަށް ދަތިވާ ގޮތަށް އެއްވެސް ފަރާތަކުން ކަންކަން ނުކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް ހުއްޓުވާ ބަހެއްގައި މުޒާހަރާގެ ބައިވެރިންގެ ގާތްތިމާގެ މީހެއް، ނުވަތަ ރަޙުމަތްތެރިއެއްވެސް އިނދެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް ނޭޅުމަށް އެދެން. ފުލުހުންވެސް މިކަހަލަ ނާތަހުޒީބު ކަންތައް ކުރާ ބޭފުޅުން އިސްލާޙު ކޮށްދެއްވާ." އާޒިމް ވިދާޅުވިއެވެ.
އިދިކޮޅުން އެމްޓީސީސީގެ ބަހަކަށް ހުރަސް އެޅި މައްސަލައިގައި އާޒިމް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ދާދިފަހުން އިދިކޮޅު ފަރާތްތަކުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުންދިޔަ މޮޓޯރކޭޑަށްވެސް ހުރަސް އަޅާފައެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި އެމްޓީސީސީން 18 ބަސް ބޭނުން ކުރެއެެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކެވެ.
މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.

Mee mihaaru aammukoh ebeyfulhun kurahvaa kameh. Raiyyithun gadithakah than thanah gendhiyumah @MTCCPlc ah varah dhathivey migothah amal kurahvaathee. Public transport ah huras neylhumah edhen. @PoliceMv mikalaha naa thauzeebu kanthah kuraa beylhun islaahu kohdhehvaa. https://t.co/F6O21RK7ZB
— Adam Azim (@adamazim) April 12, 2023
އިދިކޮޅުން އެމްޓީސީސީގެ ބަހަކަށް ހުރަސް އެޅި މައްސަލައިގައި އާޒިމް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ދާދިފަހުން އިދިކޮޅު ފަރާތްތަކުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުންދިޔަ މޮޓޯރކޭޑަށްވެސް ހުރަސް އަޅާފައެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި އެމްޓީސީސީން 18 ބަސް ބޭނުން ކުރެއެެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކެވެ.
މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.
ކިޔުންތެރިންގެ ހިޔާލު