ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ.
ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވިދާޅުވީ ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭކަމަށެވެ.
އެގޮތުން ދުނިޔެމަތީގައި އެކަމަކީ ރަނގަޅުކަމެއްކަމަށް އަދި ތިމާއަށް ފައިދާ ހުރި ކަމެއްކަމަށް ދެކޭ ކަންކަމަކީ ތިމާއަށް ހުރި ގެއްލުމަކަަށްވެސް ވެދާނެކަމަށާއި ހުރިހާ ކަމެއްގެ ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަން ޝައިޚް ފާހަގަކުރެއްވިއެވެ.
ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެން ކަމަށާއި މާތްﷲގެ މިންވަރާމެދު ރުހެންޖެހޭނެކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ދުނިޔެމަތީގައި ދިމާވާ ކަންކަމަކީ ދެރަކަންކަން ކަމަށް ނުވިސްނުމަށް އިރުޝާދުދެއްވަމުން ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް ޝައިޚް ނަސްރުالله ވިދާޅުވިއެވެ.
ޝައިޚްގެ ވާހަކަފުޅުގައި މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަން ދެކިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރަށްވައި ޝައިޚް ވަނީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު