އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓަނާގައި ޝޯޝަލް މީޑިޔާގެ ޕުލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ހުށަައެޅި ބިލަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުންދީފިއެވެ.

މޮންޓަނާއަކީ ޓިކްޓޮކް ބޭނުންކުރުން މަނާކުރި އެމެރިކާގެ ފުރަތަމަ ސްޓޭޓެވެ. އެ ސްޓޭޓްގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަނީ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެެވެ. މިދިޔަ ހުކުރު ދުވަހު އެ ސްޓޭޓްގެ ގަވަރުނަރަށް ހުށައެޅި އެބިލްގައިވަނީ ހުރިހާ ޕާސަނަލް ޑިވައިސްތަކެއްގައި ޓިކްޓޮކް މަނާކޮށް، ސްޓޭޓް ލައިންތަކުގެ ތެރޭގައި ޓިކްޓޮކް ހިންގުން މަނާކޮށް، އެޕް ސްޓޯރުތަކުން ޑައުންލޯޑް ކުރުމަށް ޓިކްޓޮކް ހުށަހެޅުން ވެސް މަނާކޮށްފައެވެ.

މޮންޓަނާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރާ ގާނޫނެެއް ފާސްކުރި ކުރުމަކީ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޓިކްޓޮކް ބޭނުން ކުރުމަށް ހުރަސްއެޅުމަށް އެމެރިކާގެ ސްޓޭޓަކުން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޓިކްޓޮކް މަނާކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގައުމީ ފެންވަރުގައި ޓިކްޓޮކް މަނާކުރުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ.

މޮންޓަނާ ގާނޫނު ހަދާ މަޖިލީހަށް ޓިކްޓޮކް މަނާކުރާ، އެސްބީ419 ގެ ނަމުން މަޝްހޫރު ބިލަށް އެންމެ ފަހުގެ ރުހުން ދިނުމަށް 54 މެންބަރުބްގެ ތެރެއިން 43 މެންބަރުން ވޯޓު ދީފައި އެވެ. އެސްޓޭޓްގެ ގަވަރުނަރު ޖިއަންފޯރޓޭ ބިލު ތަސްދީގު ކުރަށްވައިފިނަމަ އެ ބިލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހު އެވެ. އެކަމަކު އެކަމަށް ގާނޫނީ ގޮތުން ވަރަށް އަވަހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ގާނޫނުގައި ބިލްގެ އަމާޒެއްގެ ގޮތުގައި ޓިކްޓޮކްގެ ނަން ވަކިން ކަނޑައަޅާފައިވާއިރު، އެ ގާނޫނާ ހިލާފުވާ ކޮންމެ މީހަކަށް ދުވާލަކު 10،000 ޑޮލަރުގެ ޖޫރިމަނާގެ އަދަބު ލިބިދާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އަދި ގާނޫނާ ހިލާފުވެފައިވާ ކަމަށް ފެންނަ ކޮންމެ އެޕް ސްޓޯރެއްގައި ވެސް އެ އަދަބަށް އަމަލުކުރާނެ ކަމަށް އެ ގާނޫނުގައިވެއެެވެ. މީގެ އިތުރުން ޓިކްޓޮކް ބޭނުންކުރާ ވަކިވަކި ފަރާތްތަކަށް ޓިކްޓޮކަށް ވަދެވުމުން އަދަބު ނުލިބޭނެ ކަމަށް އެގާނޫނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން