އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ޤާސިމްގެ ހުރިހާ ވާރިސުން ބުނެފިއެވެ.
އަދުހަމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޤަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެފައިވާތީ ޤާސިމްގެ ވާރިސުންގެ ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފައެވެ.
މި މައްސަލައިގައި ހެކިބަސްނަގާ ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ އޮކްޓޯބަރު މަހު އެވެ. އެ ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހު އެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ ދަޢުވާއަށް އިބްތިދާއީ މަރުޙަލާގައި އިންކާރު ކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި އަދުހަމް ވަނީ ދަޢުވާއަށް އިޢުތިރާފްވެފައެވެ. ނަމަވެސް އަދުހަމް ބުނެފައިވަނީ އެއީ ޤާސިމް މަރާލުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި، އެ ޢަމަލަކީ މަސްތުގެ ހާލުގައި ހުރުމުން ފޭރުމުގެ ތެރޭގައި އޭނާގެ އަތުންވީ ކަމެއް ކަމަށެވެ.
އަދުހަމްގެ މައްޗަށް މަރުުގެ މައްސަލަ ސާބިތުވުމުން މިއަދު ވަނީ ގާސިމްގެ ވާރިސުންގެ ބަސް ޝަރީޢަތަށް ހޯދާފައެވެ. ގާސިމް ނިޔާވިއިރު ދުނިޔޭގައި ތިބި ފަސް ދަރިން މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިވެއެވެ. އެއީ 4 ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ޤާސިމް ނިޔާވިއިރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ގާސިމްގެ މަރާއި ގުޅިގެން ވާރިސުންނަށް ނިންމިދާނެ ގޮތްތައް ކިޔާދީފައެވެ. އޭގެ ތެރެއިން އެއް ގޮތަކީ ޤިޞާސް ނުވަތަ މަރަށް މަރު ހިފުމެވެ. ދެވަނަ ގޮތަކީ ޤިޞާސް މާފު ކުރުމާއެކު މަރުގެ ދިޔަ ނެގުމެވެ. ތިން ވަނަ ގޮތަކީ ޤިޞާސްއާއި މަރުގެ ދިޔަވެސް މާފު ކުރުމެވެ.
ޝަރީޢަތުގެ މަޖިލީހުގައި ޤާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ހަމައެއާއެކު އަދުހަމްވަނީ ވާރިސުންގެ ކިބައިން މާފަށް އެދި އެއީ ޤާސިމަށްވީތީ ޤާސިމް މަރާލަން ކުރިކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ކުށް ކުރެވިފައިވަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައިކަމަށް މިއަދުވެސް އަދުހަމް ވަނީ ބުނެފައެވެ.
ވާރިސުންގެ ބަސް ނަގައި ނިމުމުން ދަޢުލަތުން އެދިފައިވަނީ ޤާނޫނުގައިވާ މަރުގެ އަދަބު އަދުހަމްގެ މައްޗަށް ކަނޑައަޅުއްވައިދެއްވުމަށެވެ. މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް މިއަދު ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގައި ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.
މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހުޅުމާލޭ ހޮސްޕިޓަލަށް ޙާޟިރުވި ފުލުސް އޮފިސަރުބުނީ ޤާސިމްގެ ކަރުގެ ވާތް ފަރާތުގައި ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ހުރިކަމަށާއި ދެ އަތުގެ އިނގިލިތަކާއި، ކަނާތު ކުޑަހުޅާ ދިމާއިންވެސް އެފަދަ ޒަޚަމްތަކެއް ހުރިކަމަށެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު