މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށާއި، އެކަން އެގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.
ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ތަދްރީޖީ ގޮތެއްގައި އާންމު ހާލަތަށް ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށް ވާތީއާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށް ޑޮކްޓަރުން ލަފާކުރައްވާތީ އާއި މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، އިލްމުވެރިންގެ ލަފާގެ މަތިން މިގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި އިންސާނުންްގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި ވަނީ ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ މާޗު 18 ން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މެދުކަނޑާލައިފަ އެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އިއްޔެގެ މަޣުރިބް ނަމާދުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު