މާޝާ މިދުހަތު   21 އޭޕްރީލު 2023 - 1:36
ސައުދީ އަރަބިއްޔާއަށް ސައްވާލު މަހުގެ ހަނދު ފެނި މާދަމާއަކީ ފިތުރު ޢީދު ކަމަށް އިއުލާންކޮށްފިއެވެ.

ސައުދީން އިއުލާންކޮށްފައިވާގޮތުން، ބުރާސްފަތި ދުވަހު ޝައްވާލް މަހުގެ ހަނދު ފެނިފައިވާތީ، އޭޕްރީލް މަހުގެ 21 ވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހެވެ.

މީގެއިތުރުން، މިއަދަކީ ރަމަޟާން މަހުގެ ފަހު ދުވަސްކަމަށް ސަައުދީގެ ހަނދުބަލާ ކޮމިޓީއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން ތިން ދުވަސްވަންދެން ފިތުރު ޢީދު ފާހަގަ ކުރާނެކަމަށް ސަައުދީން ހާމަކޮށްފައިވެއެވެ.

އެކި ގައުމު ތަކުގެ ފަލަކީ އިލްމުވެރިން ވަނީ، މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އޭޕްރީލް މަހުގެ 21 ވާ ހުކުރު ދުވަސް ކަމަށް ލަފާކޮށްފައެވެ. ބައެއް ގައުމުތަކަށް ސައްވާލު މަހުގެ އެއްވަނަ ދުވަހަކީ އެޕްރިލް މަހުގެ 22 ވާ ހޮނިހިރު ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން