އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ރާއްޖޭން އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެ ގްރޫޕުން ބުނީ، އެ ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ގއ. ކޮލަމާފުށި ގަސްދޮށުގޭ މުހައްމަދު ޒަކީ، 83، ރޭ ދަންވަރު މައްކާ ގަޑިން 12:00 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

ޒަކީއާއެކު އުމްރާ ދަތުރުގައި އޭނާގެ އަންހެނުންނާއި ޢާއިލާގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވާކަމަށް އެ ގްރޫޕުން މަޢުލޫމާތުދެއެވެ.

ޒަކީ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށްފަހު އިތުރު އުމްރާއެއް ކުރުމަށް އިހްރާމް ބަނދެގެން މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ގްރޫޕުން ވަނީ ބުނެފައެވެ.

އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕުން ބުނީ، ޒަކީގެ ޖަނާޒާގެ އިންތިޒާމްތައް ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި، މައްކާގައި ކިޔަވަން ތިބޭ ދަރިވަރުންގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


7

އުފާ

29-Apr-2023

ޢިހުރާމް ހެދުމުގަ. ماشاء الله.



ޓްރެންޑިން