ވ. ކެޔޮދޫގެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުކުރެވޭ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ވ. ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ 11:50 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު، ވ. ކެޔޮދޫ މިސްކިތުގަ ހުރި ޚަތިމުތަކެއް ވީދާލި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
600 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ކެޔޮދޫގެ މިސްކިތުގައި ހުރި ޚަތިމުތައް އެންމެ ފުރަތަމަ ވީދާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެފަހަރު 10 ވަރަކަށް ޚަތިމް ވީދާލިއެވެ.
އޭގެފަހުން މި އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އެރަށު މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމު ވަނީ ވީދާލާފައެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވާއިރު އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު