ޓަންގަރަޖު ސޫޕިއާގެ ޢާއިލާ: ދަންޖައްސައި މަރާލިކަން ޢާއިލާއަށް އެނގުމުން އެކަމުގެ  ހިތާމައިގައި
ޓަންގަރަޖު ސޫޕިއާގެ ޢާއިލާ: ދަންޖައްސައި މަރާލިކަން ޢާއިލާއަށް އެނގުމުން އެކަމުގެ ހިތާމައިގައި
ސިންގަޕޫރަށް 2018 ވަނަ އަހަރު،1 ކިލޯގެ ކެނަބިސް އެތެރެކުރަން މަސައްކަތްކުރި 46 އަހަރުގެ މީހަކު ދަންޖައްސައި އަދަބު ތަންފީޒުކޮށްފިއެވެ.

އަލްޖަޒީރާ ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުން، ޓަންގަރަޖު ސޫޕިއާ ކިޔާ އެ މިމީހާއަށް އަދަބު ލުއިކުރުމަށް އެކިއެކި އެކްޓިވިސްޓުންނާއި އޭނާގެ އާއިލާ މީހުން އާދޭސް ކުރުމުންވެސް އެޤައުމުންވަނީ އަދަބު ލުއިނުކޮށްދީ ގާނޫނު ތަންފީޒުކޮށް އޭނާ ދަންޖައްސާފައެވެ.

ސިންގަޕޫރުގެ ޕްރިޒަން ސާވިސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ދަންޖައްސާފައިވަނީ އިރުމަތީ ސަރަހައްދުގައި ހުންނަ ޗަންގީ ޖަލުގައެވެ.

ޓަންގަރަޖަށް މަރުގެ ހުކުމް އިއްވާފައިވާ މިމައްސަލައިގައި އޭނާ ސިންގަޕޫރަށް ކެނަބިސް އެތެރެކުރުމަށް ތަފާތު އެކިއެކި ޑްރަގް ޓްރެފިކިންގެ ކަންކަން ކުރާ މީހުންނާއި ފޯނުން މުއާމަލާތުކޮށް ސިންގަޕޫރަށް ޑްރަގްސް އެތެރެކުރުމަށް ރާވައިފައިކަމަށްވެސް ވެއެވެ.

އެހެންނަމަވެސް، އޭނާގެ އާއިލާއާއި އެކްޓިވިސްޓުންވަނީ ސިންގަޕޫރުގެ ޖުޑިޝަރީއިން މިކަން ނިންމިގޮތަށް ފާޑުކިޔައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެމީހުން ބުނާގޮތުންނަމަ، ޕޮލިހުން އޭނާއާއި ސުވާލު ކުރިއިރު އެކަށީގެންވާ ރަނގަޅު ތަމަޅަ ބަހުގެ ތަރުޖަމާނަކު ނެތުމުގެ އިތުރުން ލީގަލް ގައިޑެންސް ދޭނެ މީހަކު ފޯރުކޮށްދީފައި ނުވެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ ވަނީ މިކަން ކޮށްފައިވަނީ އިންސާފަށް ނޫންކަމަށް ސިފަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިކޭސްގައި ޓަންގަރާޖަށް ތަރުޖަމާނަކު ފޯރުކޮށް ނުދިނުމާއި އަދި މިމައްސަލައިގައި ބުނާ މަރިޖުއާނާގައި އޭނާ އަތްލާހަދާފައި ނުވާކަން ފާހަގަކޮށް ސިންގަޕޫރުގެ ފުލުހުންނާއި ޖުޑިޝަރީގެ މަސައްކަތުގެ އިންސާފުވެރިކަމާއިވެދު ސުވާލު އުފައްދާފައިވެއެވެ.

މިކަމާއި ގުޅިގެން ވަރަށް ގިނަ ސިންގަޕޫރުގެ މީހުންނާއި ބޭރުގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދެއެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހުމާއި ނުރުހުން ފާޅުކޮށް އެޤައުމުގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.

މިއީ ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 6 މަސް ފަހުން ތަންފީޒުކޮށްފައިވާ މިއަހަރުގެ ފުރަތަމަ މަރުގެ ހުކުމެވެ. މިދިޔަ އަހަރުގައި އެޤައުމުގައިވަނީ 11 މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.

ސިންގަޕޫރުގެ ސަރުކާރުން ބުނާގޮތުގައި ޑްރަގްގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ހަރުކަށި އަދަބުތައް ދިނުމަކީ މިކަން ހައްލު ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ޓަންގަރާޖުގެ މައްޗަށް މިމައްސަލަ ސާބިތުވެފައިވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާކަމަށާއި މިކަހަލަ ކަންކަމަކީ ލުއި ދެވޭނެ ކަމެއް ނޫންކަމަށް ބުނެ އެޤައުމުގެ ސަރުކާރުގެ ފަރާތުން ބުނެފައިވަނީ އެ ކެނަބިސްއަކީ 150 މީހުން ޑްރަގް އެޑިކްޝަންއާއި ހަމައަށް ހަފްތާއެއްގެ ތެރޭގައި ގެންދާނެ އަދަދުގެ އެއްޗެއްކަމަށް ވުމުން އަދަބު ތަންފީޒު ކުރުމުގައި ލުއިނުދެވޭނެކަމަށެވެ.

މީގެއިތުރުން މިގޮތަށް ހަރުކަށިވުމުން ސިންގަޕޫރުގައި މިމައްސަލަ ހައްލު ކުރުމުގައި ނަތީޖާ ފެންނަ ކަމަށާއި މިކަމުގައި ސިންގަޕޫރުގެ އަމަންއަމާންކަމަށް އެންމެ ފައިދާހުރީ މިގޮތަށް މަސައްކަތް ކުރުމުން ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޥާނުވާ

01-May-2023

ތިނޫން ގޮތަކައް ތިކަމެއްް ހައްލެއް ނުވާނެ


0

ދެރަވަރު

29-Apr-2023

ހިއުމަންވޮޗް ހިމަންރައިޓްސް ފަދަ ގޭނގުތަކަކީ ގައުމުތަށް ފަސާދަކޮއް އިންސާނުން ވަލުޖަނަވާރައް ބަދަލު ކުރުމަށް މަސެްތްކަޡްކުރާ ގުރޫޕްތަކެެެއް.


5

ސަޢީދު

29-Apr-2023

އަޅުގަޑުތާއާދު ކުރަނީ ދިވެހި ސަރުކާރުން ވެސް ސިންގަޕޫރު މެލޭޝިޔާ އިންޑޮނޭޝިޔާ ފަދަގައުމުތަކުންގެންގުޅޭއިސޫލުބަލައިގެން ޑުރަގު ގެކަންތައްކުރުން މިއީ މުސްލިމު ގައުމެއް


-1

ޭެެުެަާިެުީބ

19-May-2023

ޤަަަަަދަ އަމްރުތަންފީޒް ށުކުރިިޔާ


2

ބަރާނަރު

19-May-2023

ސާބަސް.



ޓްރެންޑިން