އެމެރިކާ އަދި ދެކުނު ކޮރެއާއިން ވަރުގަދަ އިންޒާރެއް އުތުރު ކޮރެއާއަށް ދީފިއެވެ.

ނިއުކްލިއަރ ހަތިޔާރުގެ ކަންބޮޑުވުންތަކުގެ ސަބަބުން ދިން މިއިންޒާރާއެކު، އުތުރުކޮރެއާއިން ނިއުކްލިއަރ ހަމަލާއެއް ދީފިނަމަ، ރައްދުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ކަމަށާއި، އަދި އުތުރުކޮރެއާގެ ވެރިކަމަށް ނިމުމެއް އަންނަވަރުގެ ލޮޅުމެއް އަންނާނެކަމަށް އެމެރިކާ އަދި ދެކުނު ކޮރެއާއިން ހާމަކޮށްފައިވެއެވެ.

މަޝްވަރާތަކަށް ފަހު ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ދެގައުމުގެ ލީޑަރުން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އެޅި އުތުރު ކޮރެއާއިން ކުރަމުންދާ އުދުވާނީ މިސައިލް ޓެސްޓްތަކާ ގުޅިގެން އެމެރިކާއިން ދެކުނު ކޮރެއާއަށް ދެމުންދާ ރައްކާތެރިކަން ވަރުގަދަ ކުރަމުންދާ ކަމަށެވެ. އަދި އުތުރު ކޮރެއާގެ ކޮމިއުނިސްޓް ހުދުމުހުތާރު ވެރިކަމުގެ ދަށުން ދެކުނު ކޮރެއާއަށް ނުވަތަ އެމެރިކާއަށް ހަމަލާދީފިނަމަ އެކަމުގެ ނަތީޖާ ގޯސްވާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މިވާހަކަފުޅުގައި، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވިދާޅުވީ އެމަނިކުފާނު އިސްކަންދެނީ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށެވެ. އަދި ސުލްހަވެރިކަމަށް ހުރަހެއް އެޅިއްޖެނަމަ ޖަވާބު ދާރީ ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އުތުރު ކޮރެއާއިން ނިއުކްލިއާ ހަމަލާއެއް ދީފިނަމަ، އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް އިއްތިހާދުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން ހަލުވިކަމާއެކު ރައްދުދޭން އެމެރިކާ އާއެކު އެއްބަސްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން