އިންޑިއާގެ ޑިފެންސް މިނިސްޓަރު، ޗައިނާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވަނީ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު، ޗައިނާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވަނީ.
ޗައިނާއިން އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެ ދެގައުމުގެ ގުޅުމުގެ "މުޅި އަސާސް" ގެއްލުވާލައިފައިވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ތުހުމަތު ކުރައްވައިފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫއާއެކު ބައްދަލުކުރެއްވުމަށްފަހުއެވެ. މިނިސްޓަރ ރާޖްނާތު ސިންގ ވިދާޅުވީ މިބައްދަލުވުމުގައި އިންޑިއާ-ޗައިނާ ބޯޑަރު ސަރަހައްދުތަކުގައި ހިނގާ ކަންކަމުގެ އިތުރުން ދެގައުމުގެ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެއްވިކަމަށެވެ.

މިމަޝްވަރާތަކުގައި، އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ދަމަހައްޓަނީ، ދެގައުމު ހިއްސާވާ ބޯޑަރުތަކުގައި ސުލްހައާއި ހަމަޖެހުމުން ކަމަށާއި، އެގޮތުން ދެގައުމު ހިއްސާވާ ބޯޑަރުތަކުގެ މައްސަލަތައް މިހާރު ހުރި އެއްބަސްވުންތަކާއި ވައުދުތަކާ އެއްގޮތަށް ހައްލުކުރަން ޖެހޭ ކަމަށް، އިންޑިއާއިން ޗައިނާއަށް އަންގާފައިވާކަމަށް މިނިސްޓަރ ރާޖްނާތު ސިންގ ހާމަކޮށްފައިވެއެވެ.

އިންޑިއާއިން ބުނާ ގޮތުން ބޯޑަރު ސަރަހައްދަށް ގިނަ އަދަދެއްގެ ޗައިނާ ސިފައިން ފޮނުވުމާއި، އެމީހުންގެ ހަރުކަށި އުސޫލުތަކާއި، އެއްފަރާތުން ބޯޑަރު ސްޓޭޓަސް ކުއޯއަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދެގައުމުގެ މެދުގައި ހެދިފައިވަ އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދެގައުމުގެ ގުޅުމުގެ މުޅި އަސާސް ގެއްލިފައިވާ ކަމަށް ސިންގް ފާހަގަކުރައްވާފައިވެއެވެ.

އިންޑިއާ އިން ޗައިނާ އަށް ކުރަމުންދާ މިތުހުމަތުތަކާއި ބެހޭގޮތުން ޗައިނާގެ ފަރާތުން އަދި ރައްދެއް ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން