އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް އަވަހަށް ބަދަލުކުރުމަށް ގޮވާލާ ގަރާރެއް އދ ގެ ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޖަޕާނުން ޑްރާފްޓްކޮށް ހުށައަޅާފައިވާ މިގަރާރުގައި، އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ އދ.ގެ ތާރީހުގައި ކުރިން ނުފެންނަ ކަމެއްކަމަށް ހާމަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެއީ އިންސާނީ ހައްގުތަކާއި އިންސާނީ އުސޫލުތަކަށް ބުރޫއަރާ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިގަރާރުގައި އަފްޣާން މުޖުތަމައުގައި އަންހެނުންގެ ދައުރު މުހިންމުކަން ފާހަގަކޮށް، އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް އަވަހަށް ބަދަލުކުރުމަށް ގޮވާލައިފައިވެއެވެ.
މިގަރާރަށް 90 ގައުމަކުން ތާއީދުކޮށްފައިވާކަމަށް ޔޫއޭއީ އިން އދ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ލާނާ ނޫސެއިބެހް ވިދާޅުވެފައިވެއެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލުން އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް އަވަހަށް ބަދަލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިމިވަނީ، އަފްޣާނިސްތާނަށް އިންސާނީ އެހީދޭ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތްކުރުންވެސް ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ބެހޭގޮތުން ތާލިބާނުން ބުނެފައިވަނީ، އިސްލާމީ ޝަރީއަތުގެ ގަވާއިދުތަކުގެ ދަށުން އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާކަމަށާއި، އަދި އެހީދޭ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތްކުރުން ހުއްޓުވުމަކީ ވަކި ނިންމުމެއް ކަމަށެވެ.
މީގެއިތުރުން، އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވިފަހުން އަންހެނުންނަށް އާންމު ދިރިއުޅުމަށް ގިނަ ކަންކަންވެސް ތާލިބާނުން ވަނީ ހަރުކަށިކޮށްފަ އެވެ. އެގޮތުން އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރުމާއި، ބޭސް ފަރުވާ ހޯދުމުގައި އުނދަގޫވުމާއި، ވަކި ކަހަލަ ވަޒީފާތަކަށް އަންހެނުން ދިއުން މަނާކުރުމާއި، ދަތުރުފަތުރާއި ބޭރަށް އާންމު ތަންތަނަށް އަންހެނުން ނިކުމެއް އުޅުމުގައިވެސް ތާލިބާނުން ވަނީ ހަރުކަށިފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު