ބަސް ދުއްވަން އިން ޑްރައިވަރު ހޭނެތުމުން ކުރިއަށް އަރައި 13 އަހަރުގެ ދަރިވަރަކު ބަސް ކޮންޓްރޯލްކޮށް އެބަހުގައި ދަތުރުކުރި ހުރިހާ ކުދިންގެ ފުރާނަ ސަލާމަތް ކޮށްފިއެވެ. އެމެރިކާގެ މިޝިގަން ސްޓޭޓް ސްކޫލެއް ކަމުގައިވާ، ކާރޓާ މިޑުލް ސްކޫލްގެ މި ބަހުގައި އޭރު 63 ދަރިވަރުން ދަތުރު ކުރަމުން ދިޔައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދުވަމުންދިޔަ ބަހުގައި އިން ޑްރައިވަރު ހޭނެތިގެން ވެއްޓުމުން 5 ސީޓު ފަހަތުގައި އިން ޑިލަން ރިވްސް ނަމަކަށް ކިޔާ މިދަރިވަރު ކުރިއަށް އައިސް ބަހުގެ ސްޓިއަރިން ނަގައި ބަސް ކޮންޓްރޯލް ކޮށް ބަސް ހުއްޓުމަކަށް ގެންނަ މަންޒަރެވެ.
މިކަމާއި ގުޅިގެން އެސަރަހައްދުގެ ހުރިހާ މީހުން ފަޚުރުވެރިވެ އެނާއަށް ތަޢުރީފު ކުރަމުން ދެއެވެ. އަދި މިދަރިވަރުގެ އަވަސް ވިސްނުމާއި ދަރިވަރުގެ ފަރާތުން އެންމެންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ފެނި ފަޚުރުވެރިވާކަމަށް އެސިޓީގެ ކައުންސިލްމަން ޖޮނަތަން ޖެފްރިވެސްވަނީ އޭނާގެ ފޭސްބުކްގައި ހާމަކޮށް އެ ދަރިވަރަށް ތަޢުރީފުކޮށްފައެވެ.
މިދަޔަ ބުދަ ދުވަހު ސްކޫލް ނިމިގެން ދަރިވަރުން ގެއަށް ދިއުމަށް ކުރި ދަތުރުމަތީގައި ހިނގައިދިޔަ މިހާދިސާގައި ބަސްޑްރައިވަރު ވޯކީޓޯކީއިން އޭނާގެ ޞިއްހަތު ރަނގަޅު ނޫންކަމަށާއި ބަސް ހުއްޓުމަކަށް ގެންނަން ޖެހިދާނެކަމަށް އޮފިޝަލުންނަށް އަންގާ މަންޒަރު ފެނިގެންދެއެވެ. އަދި މިހެން ބުނުމުގެ މާގިނައިރެއް ނުވެ އޭނާ ހޭނެތިގެން ވެއްޓޭ މަންޒަރު މިވީޑިއޯއިން ފެނެއެވެ.
މިކަމާއި ގުޅިގެން ސްކޫލްގެ ސުޕުރިންޑެންޓް ރޮބާޓް ލިވަނޮއިސް ބުނެފައި ބަސް ޑަރައިވަރު ހޭނެތިފައިވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ. އަދި ޑަރައިވަރު ވެއްޓުމާއިއެކު ބަސް ދުއްވަން އިންލޭން ނޫން އަނެއް ލޭނަށް ބަސް ކުރިއަށް ޖެހެން ފެށުމުން ދަރިވަރުންތައް ބިރުގަނެ ހަޅޭއްލަމުން ދަނިކޮށް ޑިލަން ކުރިއަށް އަރައި ސްޓިއަރިން ނަގައި ބަސްހުއްޓާފައިވާކަމަށްވެސް އޭނާބުނެފައިވެއެވެ.
ބަސް ހުއްޓުވުމަށްފަހު ވަގުތުން އިމަޖެންސީ ނަންބަރަށް ގުޅުމަށް އެހެން ދަރިވަރުން ގާތު ބާރަށް ބުނާ މަންޒަރުވެސް ދައުރުވަމުންދާ ވީޑިއޯތަކުގައި ފެނެއެވެ.
އެދުވަހުގެ ހާދިސާ ފޮލިހުންގެ ފަރާތުން ޑިލަންގެ ބެލެނިވެރިންނަށް އެންގުމަށް ގުޅުމުން ހައިރާންވެފައި ހުރި އޭނާގެ ބައްޕަ އޭނާ ކުއްވެރިކުރާ ރާގަކަށް އޭނާ ކުރީ ކޮންކަމެއްތޯ ސުވާލުކުރުމުން 'އޭނާއަކީ މިއަދުގެ ނޫސްތަކުގެ ހީރޯއެއް ކަމަށް' ޕުލުހުން އޭނާގެ ބައްޕަ ގާތުގައި ބުނެފައިވެއެވެ.
އުމުރުން ޅަ އެހެންނަމަވެސް ކުޅަދާނަ ކަން ދައްކުވައިދިން ޑިލަންގެ މަސައްކަތަށް، ނޯތު ޑިޓްރޮއިޓްގެ ކައުންސިލްމަންއެއްވެސްވަނީ ތައުރީފްކޮށް، އޭނާ އެގޮތަށް ކަންތައް ނުކުރިނަމަ ދިވާވެދާނެ މިފަދަ ބޮޑު ފުރާނައަށް ނުރައްކާތެރި ހާދިސާއަކުން ހުރިހާ ދަރިވަރުން ސަލާމާތް ކުރުމަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށްބުނެ ފޭސްބުކުގައި ލިޔެ ހިއްވަރުދީފައެވެ.
މީގެ އިތުރުން ޑިލަންގެ ދޮންމަންމަވެސް ވަނީ އޭނާއަށް ތައުރީފްކޮށް ފޭސްބުކްގައި ޕޯސްޓްކޮށް ފަޚުރުވެރިވާކަމަށް ލިޔެފައެވެ.

ކިޔުންތެރިންގެ ހިޔާލު