އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް އަވަހަށް ހުއްޓައި ނުލައިފިނަމަ ދުނިޔޭގެ އެންމެ ނުބައި އެއް ދާޚިލީ ހަނގުރާމައަށް އެ ހަނގުރާމަ ބަދަލުވެދާނެ ކަމަށް ވިދާޅުވެ ސޫދާނުގެ ކުރީގެ ބޮޑުވަޒީރު އަބްދުالله ހަމްޑޮކް އިންޒާރު ދެއްވައިފި އެވެ.



15 އޭޕްރީލްގައި ސިފައިންގެ ވެރިޔާ އަބްދުލް ފައްތާހު އަލް ބުރުހާނާއި، ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ގެ ކޮމާންޑަރުގެ ބާރުތަކާ ދެމެދު ފެށުނު މިހަމަލާތަކުގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ހަމަލާތައް ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން މަޝްވަރާތައް ކުރެވުނު ނަމަވެސް، ހަލަބޮލިކަމަށް ހުއްޓުމެއް އަދި އައިސްފައެއް ނުވެއެވެ. މީގެއިތުރުން، ގާނޫނީ އެއްވެސް ހަމައެއް ނުހިފެހެއްޓި ބަދަލުކުރަމުންދާ ހަމަލާތަކުގައި އާންމުންނަށް އޮތް ބިރުވެތިކަން ދަނީ އިތުރުވަމުންނެވެ.

މިހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކާބޯތަކެއްޗާއި ފެނާއި ކަރަންޓްވެސް ނެތި ހާލުގައި ޖެހިފައެވެ.

"ސޫދާނަށް ދާޚިލީ ހަނގުރާމައަކަށް ގޮސްފިނަމަ... ސީރިއާ، ޔަމަން، ލީބިޔާ ގެ ހަމަނުޖެހުންތައް ވާނީ ކުޑަ ކަމަކަށް،" ނައިރޯބީގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ސޫދާނުގެ ކުރީގެ ބޮޑުވަޒީރު އަބްދުالله ހަމްޑޮކް ވިދާޅުވިއެވެ.



"އަޅުގަނޑަށް ހީވަނީ މިއީ މުޅި ދުނިޔެއަށް އޮތް ބިރުވެރި ކަމެއްހެން،" އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަމަނުޖެހުމަކީ ދެ ލަޝްކަރެއްގެ މެދުގައި ހިނގަމުންދާ "އަސާސެއް ނެތް ހަނގުރާމައެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 75،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން