ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ދީނީ ޢިލްމުވެރިން ފިޤްހު ޢިލްމުގެ އަލީގައި ނިންމަވާ ނިންމެވުންތަކަށް ފާޑުވިދާޅުވާން އަބްދުއްރަޙީމް، އަދުރޭ އަކީ ކާކުތޯ، ވިދާޅުވެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

ހުކުރު ޖަމާއަތް ކެންސަލް ކުރުމާއި ގުޅިގެން ފާޑު ވިދާޅުވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެއީ ލާދީނީ މިސްރާބަށް ރާއްޖެ ގެންދަން މަސައްކަތްކުރާ މީހުން، މިސްކިތްތައް ތަޅާލަން ވީތޯ ނުވަތަ ނޫންތޯ ބަލަން ވޯޓު ނަގަން މިހާރުގެ އިސްލާމިކް މިނިސްޓަރު ހުޅުވައިދެއްވި މަގެއް ކަމަށެވެ.

އަދުރޭގެ މި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވީ، ބޮޑެތި ކާރިސާތަކާއި ގުޅިގެން ދީން އެނގިވަޑައިގެން ތިއްބެވި ބޭފުޅުން ނިންމަވާ ނިންމެވުމަށް އަބްދުއް ރަހީމަށް ފާޑު ނުކިޔޭނެ ކަމަށެވެ. އަދި ދީނީ ޢިލްމުވެރިން ގޮތް ނިންމަވަނީ ފިޤްހު ޢިލްމުގެ އަލީގައި ކަންކަން ދިރާސާ ކުރައްވައިގެން ކަމަށް ދީދީ ވިދާޅުވިއެވެ.



އިސްލާމިކް މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. މަލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނުކުރާން ނިންމި އިރު މާލޭގެ ލޮކްޑައުނަށް ދިން ލުއިތަކާއެކު މާލޭގެ މަގުތައް ފުރި ފިހާރަތައް ފުރި ހޮޓާ، ރެސްޓޯރެންޓެ އަދި ކެފޭތައް ފުރި އެއްވެސް ގައިދުރު ކަމެއްނެތި އުޅެމުންދާއިރު ހުކުރު ޖަމާއަތް ކެންސަލު ކުރުމަކީ ބޮޑު ޖޯކެއް ކަމަށް ބުނެ މީސް މީޑިއާގައިވެސް ބައެއް މީހުން ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއަށް ފާޑު ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަހުމަދުދީދީ

04-Jul-2020

މާލޭާގެ މަގުތަށް ފުރި ބާާރުވުމަކީ ތިމާމެންގެ ޖާހިލުކަން.



ޓްރެންޑިން