އިންޑޮނޭޝިއާގެ އިމާމެއްގެ ގަޔަށް ކުޅުޖެހި އޮސްޓްރޭލިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ ހިލިގެން ދިޔައީ، ދައުރުވާންފެށި ސީސީޓީވީ ފޫޓޭޖެއްގެ ސަބަބުންނެވެ.

ސީސީޓީވީ ފޫޓޭޖުން، މިމައްސަލައިގައި ތުހުމަތުކުރެވޭ އޮސްޓްރޭލިއާ މީހާ، ބަންޑުންގެ މިސްކިތެއްގެ އިމާމެއް ކަމަށްވާ ބަސްރީ އަންވަރު ކައިރިއަށް ގޮސް އިމާމާ ވާހަކަ ދައްކާ މަންޒަރުފެނިގެންދެއެވެ. އަދި ވާހަކަ ދައްކަން ހުރެފަ، އިމާމު ގަޔަށް ކުޅު ޖަހާތަން ފެެނިގެންދެއެވެ.

ކުޅު ޖެހުމަށްފަހު އެ އޮސްޓްރޭލިއާ މީހާ ދުވެފިލާތަންވެސް ދައުރުވަމުންދާ ސީސީޓީވީ ފޫޓޭޖުން ފެނިގެން ދެއެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ އޮސްޓްރޭލިއާގެ ރައްޔިތެއްކަމަށްވާ މެކްއަރތުރް ހައްޔަރުކޮށްފައިވަނީ އެއަރޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. މެކްއަރތުރްގެ މައްޗަށް އިންޑޮނޭޝިއާގެ ގާނޫނީ ހަމަތަކުގެ މަތީން 14 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން