ރަޝިޔާ، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ 20000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނީ ރަޝިޔާ، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ 20000 ހަނގުރާމަވެރިން މަރުވެފައިވަނީ ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ބަޚްމުތުގައި ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި 20000 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަނގުރާމައިގައި އިތުރު 80،000 މީހުން ޒަޚަމްވެފައިވާ ކަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޔޫކްރޭންގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެ ހަނގުރާމައިގެ ބޭނުން ހިފައިގެން ރަޝިޔާގެ ވީހާވެސް ގިނަ ސިފައިން މަރާލުމުގެ އިތުރުން އެގައުމުގެ ރިޒާވްތައް ދަނީ ގެއްލެމުންނެެވެ. ނަމަވެސް ޔޫކްރޭންގެ ކޮންޓްރޯލް އޮތީ މިހާރު އެ ސިޓީގެ ކުޑަ ހިސާބެއްގައި ކަމަށް ރިޕޯޓް ތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން