ޕެންޝަން އިސްލާހުތަކާ ގުޅިގެން ފްރާންސްގައި ކުރި މުޒާހަރާގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 108 ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ޖެރާލްޑް ދަރުމަނިން ވިދާޅުވީ އިއްޔެ ބޭއްވި މޭޑޭގެ މުޒާހަރާގައި 108 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި މުޒާހަރާއެއްގައި މިހާ ގިނަ އަދަދެއްގެ ފުލުހުން ޒަޚަމްވުމަކީ އިންތިހާއަށް މަދުން ދިމާވާ ކަމެއް ކަމަށާއި ހަމަނުޖެހުންތަކުގެ ތެރޭގައި 291 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ޕެންޝަން އިސްލާހުތަކާ ދެކޮޅަށް މެއި ޑޭގެ މުޒާހަރާތަކުގައި ލައްކައެއްހާ މީހުން ދަނީ ބައިވެރިވަމުންނެވެ.

މުޒާހަރާގައި ގިނައީ ސުލްހަވެރި ބައިވެރިން ނަމަވެސް ހަރުކަށި ޖަމާއަތްތަކުން ވަނީ މުޒާހަރާތެރެއަށް ޕެޓްރޯލް ބޮން އުކާ ހަދާފައެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ފެން ބޭނުންކޮށްފައެވެެ.

މި ހަމަނުޖެހުންތަކުގައި އަނިޔާވެފައިވަނީ މުޒާހަރާގެ ކިތައް ބައިވެރިންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ފުރާންސްގައި މުޒާހަރާތައް ފަށާފައިވަނީ ދައުލަތުގެ ޕެންޝަން އުމުރު 62 އަހަރުން 64 އަހަރަށް މަތިކުރުމާ ގުޅިގެންނެވެ. ފްރާންސް ޓްރޭޑް ޔޫނިއަންތަކުން ދަނީ އެ ބަދަލުތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުންނެެވެ.

އިންޓީރިއާ މިނިސްޓްރީން މުޒާހަރާގެ ޖުމްލަ އަދަދަކީ 782،000 ކަމަށް ބުނާއިރު، އޭގެ ތެރޭގައި ވެރިރަށް ޕެރިހުގެ މުޒާހަރާގައި ބައިވެރިވި 112،000 މީހުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން