އިރާނުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ އެގައުމުގެ އިންޑަސްޓްރީ މިނިސްޓަރު މަގާމުން ވަކިކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އިރާނުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ އެގައުމުގެ އިންޑަސްޓްރީ މިނިސްޓަރު ރެޒާ ފާތިމީ އަމީން މަގާމުން ވަކިކޮށްފައިވަނީ ޚާއްސަކޮށް ބާޒާރުގައި އަގުތައް ބޮޑުވުމާއި ހިންގުން ދޯދިޔާވުމުމެ ތުހުމަތުތަކާއި ފުޅާދާއިރާއެއްގައި ހިތްހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގައި ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 272 މެންބަރުން ތެރެއިން 162 މެމްބަރުން ވަނީ މިނިސްޓަރު މަގާމުން ދުރުކުރުމަށް ވޯޓް ދެެއްވާފައެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި 290 މެމްބަރުން ތިއްބަވައެވެ.
ބޮޑެތި ސިޔާސަތުތަކުގައި އެންމެ ފަހުގެ ބަސްފުޅު ވިދާޅުވާ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ހުސްވި އަހަރު ވަނީ ކާރު ހިމެނޭ ގޮތަށް ގޭގައި އުފައްދާ އުފެއްދުންތަކުގެ އަގު ބޮޑުވުމާއި ފެންވަރު ދަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އީރާނުގެ އިންޑަސްޓްރީ މިނިސްޓަރު ރެޒާ ފާތިމީ އަމީން މަގާމުން ދުރުކުރުމަށް މީގެ ކުރިން ވެސް ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު އޭނާ ވަނީ އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެވަޑައިގެންފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ފާތިމީ އަމީނަށް ފާޑުކިޔާފައި ވަނީ "އޮޓޯމޯބައިލްގެ އަގުތައް އަގުތައް މައްޗަށް އަރައި ސިނާއީ އުފެއްދުމުގެ ހަރަދު ބޮޑުވުމުން" ކަމަށާއި އޭނާ މަގާމުގައި ދެމިހުރުމަށް ޝަރުތު ހަމަނުވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވަނީ ފާތިމީ އަމީންގެ ދިފާއުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މިނިސްޓަރު އަލުން މަގާމަށް ވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.
އީރާނުގެ އިންފްލޭޝަން ރޭޓް މިހާރު ވަނީ 47.7 އަށް އަރާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އެެއްގަމު މަހުގެ ބާވަތްތަކުގެ އަގު އިންތިހާ އަށް ވަނީ އުފުލިފައެވެ. އޭގެ އިތުރުން ސިޔާސީ ހަމަނުޖެހުން ބޮޑުވެ އެގައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު