ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު، ކްރެމްލިނަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފިއެވެ.
ރަޝިޔާއިން ބުނީ ރައީސް ވްލަޑިމިއާ ޕުޓިން ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު ކްރެމްލިނަށް އަމާޒުކޮށް ޑްރޯން ހަމަލާ އެއް ދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް ދެ ޑްރޯން ހަމަލާއެއް ދިން ކަމަށާއި އެހަމަލާ އަކީ ރައީސް ޕުޓިން އަވަހާރަކޮށްލަން ޔޫކްރެއިނުން ދިން ހަމަލާއެއް ކަމަށް ރަޝިޔާ އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޔޫކްރެއިނުން އެކަން ދޮގުކުރެއެވެ.
އެހަމަލާއާއި ގުޅިގެން ޔޫކްރޭނުން ބުނީ ޑްރޯން ހަމަލާއާ ޔޫކްރެއިނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ރަޝިޔާގެ ރައީސް ޕޫޓިންގެ ތަރުޖަމާނު ވިދާޅުވީ ހަމަލާ އަމާޒުވިއިރު ކްރެމްލިންގައި ޕުޓިން ނޫޅުއްވާ ކަމަށެވެ.
ރޭގެ އެހަމަލާ ދޭ ތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ކުޑަ ގޮވުމެއް ގޮވުމުގެ ކުރިން ކްރެމްލިންގެ މަތިން އެއްޗެއް އުދުހެމުން ދިޔަ އެވެ.
ރަޝިޔާއިން ބުނީ އެ ޑްރޯންތައް އުފައްދާފައިވަނީ އިލެކްޓްރޯނިކް ރާޑަރ އެސެޓްތައް ބޭނުންކޮށްގެން ކަމަށެވެ.
ރިޔާސީ ގަނޑުވަރު ކްރެމްލިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ރަޝިޔާގެ ރައީސްގެ ގެކޮޅަށް އިންސާނުން ނެތް ވައިގެ އުޅަނދުތަކުން ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ.
ރަޝިޔާގެ ސޯޝަލް މީޑިއާގައި އާންމުކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި ބުދަ ދުވަހުގެ ވަގުތެއްގައި މޮސްކޯގެ މެދުތެރޭގައި ދުން އަރާފައިވެ އެވެ. ޑްރޯންތަކުގެ ކޮތަޅުތައް ކްރެމްލިން ސައިޓަށް ވެއްޓިފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އިމާރާތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޔާސީ ގަނޑުވަރު ކްރެމްލިނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު