ޕާކިސްތާނުގެ ސުކޫލަކަށް އަމާޒުކޮށް ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި ސްކޫލްގެ އަށް މުވައްޒަފަކު މަރުވެ ދެ މީހަކު ޒަހަމްވެއްޖެ އެވެ.

ޕާކިސްތާނުގެ އުތުރުގެ ޕްރޮވިންސް ޚައިބަރު ޕަޚްތުންކުވާގެ ސްކޫލަކަށް އަމާޒުކޮށް މި ބަޑީގެ ހަމަލާތައް ދީފައިވަނީ އެ ސްކޫލުގެ އިމްތިހާނުތަކަށް ފަހު އެވެ. މީޑިޔާ އަށް މައުލޫމާތު ދެެއްވަމުން ޕާކިސްތާނުގެ ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު މުހައްމަދު އިމްރާން ވިދާޅުވީ ބަޑީގެ ހަމަލާ ތަކުގައި މަރުވި މީހުންގެ ތެރޭގައި ފަސް ސްކޫލް ޓީޗަރުންނާއި ސްކޫލް ސަޕޯޓް ސްޓާފުންގެ ތިން މެމްބަރަކު ހިމެނޭ ކަމަށެވެ. މިހަމަލާގައި މަރުވެފައިވާ މީހުންނާއި ޒަޚަމްވި މީހުންނަކީވެސް ފިރިހެނުންނެވެ.

ޕާކިސްތާނުގެ ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު އިމްރާން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސީއެންއެން އަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ ހަމަލާ ދިން އެންމެންނަކީ ޝިޔައީ ގޮފީގެ މެންބަރުން ކަމަށްވާތީ ފުލުހުންނަށް ޝައްކު ކުރެވޭ ގޮތުގައި ހަމަލާ ދިނުމުގައި މަޒުހަބީ ޚިޔާލު ތަފާތުވުންތަކެއް އޮތް ކަމަށެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ ސަރުކާރު ހައިސްކޫލުގައި ތަރި މަންގަލްގެ ސްޓާފް ރޫމަށް ބަޑި ހިފައިގެން ވަދެ ހަމަލާދިނުމުގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށާއި، ހަމަލާ ދިނުމަށްފަހު އެމީހުން ފިލާފައިވާ ކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ހަމަލާ ދިން ސަރަހައްދަކީ ސުންނީ މަޒުހަބާއި ޝިޔައީ މަޒުހަބުތަކުގެ މެދުގައި ކޯޅުންތަކެއް އުފެދިފައިވާ ސަރަހައްދެކެވެ. ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ ވަނީ މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާފައެވެ. މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އަދި އުފުލާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން