އެމެރިކާގެ ޓެކްސަސްގެ ޝޮޕިން މޯލަކަށް ބަޑިން ހަމަލާދީ އަށް މީހަކު މަރާލައިފިއެެވެ.
މިހާދިސާ ހިނގާފައިވަނީ އެމެރިކާގެ ޓެކްސަސްގެ ޑަލަސްގެ އުތުރުގައި އޮންނަ އެލެން ސިޓީގެ ޝޮޕިން މޯލެއްގެ ތެރޭގައެވެ. ގާތްގަނޑަކަށް 105،000 މީހުން ދިރިއުޅޭ އެލެން އަކީ ސެންޓްރަލް ޑަލަސްގެ އުތުރުން 20 މޭލު (32 ކިލޯމީޓަރު) ދުރުގައި އޮންނަ ރަށެކެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ޝޮޕިން މޯލަށް ހަމަލާދިން މީހުން މަގުމަތިން ދިޔަ މީހުންނަށް ވެސް ބަޑިން ހަމަލާ ދީފައިވެއެވެ.
އެމެރިކާގެ ފުލުހުން ބުނީ ބަޑިޖެހި މީހާ މަރާލާފައިވާ ކަމަށާއި އޭނާ އަމަލު ހިންގީ އެކަނި ކަމަށް ގަބޫލުކުރާ ކަމަށެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ކުޑަކުދިން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މިހާދިސާގައި މަދުވެގެން ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް އެެވެ.
އެލެން ސިޓީގެ ފަޔަރ ޗީފް ޖޮނަތަން ބޮއިޑް ވިދާޅުވީ ހަތް މީހަކު ބަޑިޖެހި މީހާ ހިމެނޭ ގޮތަށް މަރުވެފައި ވަނީ ހާދިސާ ހިނގި ތަނުން ކަމަށާއި ދެ މީހަކު ފަހުން ހޮސްޕިޓަލުގައި މަރުވެފައިވާ ކަމަށެވެ. މިިހާދިސާގައި ޝިކާރައަކަށް ވެފައިވާ މީހުންގެ އުމުރަކީ 5 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުފުރާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެލެން ޕޮލިސް ޗީފް ބްރައިއަން ހާވީ ވިދާޅުވީ ފުލުސް އޮފިސަރަކަށް ބަޑިޖެހި އަޑު އިވިގެން ބަޑިޖެހި ތަންތަނަށް ގޮސް ޝައްކު ކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށެވެ. މަންޒަރު ދުށް ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި ބަޑިޖެހި މީހާ ހުރީ ކަޅު ހެދުމެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު