އިސްލާމްދީނަށް ފުރައްސާރަކޮށް ކުފުރުވުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ދެ މީހަކު އީރާނުގައި ދަންޖައްސައި މަރާލައިފިއެެވެ.

އީރާނުގެ ޝަރުއީ ދާއިރާގެ ނޫސް އެޖެންސީ މިޒާން އިން ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް ކުފުރުވުމުގެ ކުށް ޝަރީއަތަށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ދެ މީހަކު ހޯމަ ދުވަހު ދަންޖައްސައި މަރާލާފައިވާ ކަމަށެވެ.

އެގޮތުން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ޔޫސުފް މެހްރްދާދާއި ސަދުރުالله ފަޒީލީ ޒާރޭގެ މައްޗަށް ކަމަށް އެ ނޫސް އެޖެންސީން ބުނެއެވެ. އެ ދެމީހުން 2020 ވަނަ އަހަރުގެ މެއި މަހު ހައްޔަރުކޮށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހު މަރުގެ ހުކުމް އިއްވާފައި ވަނީ އޮންލައިންކޮށް "އިސްލާމް ދީނާ ދެކޮޅު ގްރޫޕްތަކާއި ޗެނަލްތައް" ހިންގުމުގެ ކުށުގައި ކަމަށް އީރާނުގެ ޝަރުއީ ދާއިރާގެ ނޫސް އެޖެންސީން ބުނެފައިވެއެވެ.

އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލީޖިއަސް ފްރީޑަމް އިން ބުނީ އެ ދެމީހުންނަކީ ވެސް "ކްރިޓިކް އޮފް ސުޕަރސްޓިޝަން އެންޑް ރިލީޖަން" ގެ ނަމުގައި ހިންގާ ޓެލެގްރާމް ޗެނަލެއްގެ މެމްބަރުންކަން ކޯޓަށް ސާބިތުވެ ޙުކުމްކޮށްފައިވާ ކަމަށެވެ.

އެ ޓެލެގްރާމް ޗެނަލްގެ މެމްބަރުން ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ޚިޔާލުތައް ހިއްސާކޮށްފަ އެވެ. އެމީހުން ދީނީ ފޮތްތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށް އެއް މެމްބަރަކު ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލީޖިއަސް ފްރީޑަމް އިން ބުނެ އެވެ. އެމައްސަލައިގައި މަރުގެ ހުކުމް އިއްވި މެހްރްދާދު ޤުރުއާން އަންދާލާ މަންޒަރު ފެނިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިޔާ އަލްއަލަމް އިން ވަނީ ބުނެފައެވެ.



އިސްލާމް ދީނަށް ފުރައްސާރަ ކުރި ދެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިމިވަނީ އެކަން ނުކުރުމަށް އދ އިން މީގެ ކުރިން އީރާނަށް ގޮވާލާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން