ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރެއްވުމެވެ. އެގޮތުން ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ 757 މީހުން ދިރިއުޅޭ ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ރަށު ރައްޔިތުން މިހާރު އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ފަން ވިޔެގެންނެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 18،894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާފައިވާ ކަމަށެވެ.
މި މަސައްކަތް ނިމުމާއެކު ގާދިއްފުށީ ތުނޑީކޮޅު ސަރަހައްދު ވަނީ ހިމާޔަތްކުރެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިއީ ގާދިއްފުށީ ރައްޔިތުންގެ ޒަމާންވީ ތަކުލީފުތަކަށް ހައްލެއް ލިބިގެންދިޔަ ކަމެއް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢަކީ 19.13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ

ކިޔުންތެރިންގެ ހިޔާލު