(ކުރީގެ އަދަދާގުޅޭ)
- 13 -
ޤަދީމީ ޢަރަބިކަރައިގެ އުތުރާއި ދެކުނުގައިވާ ބިންމޮޅު ސަރަޙައްދު އޮތީ އެޒަމާނުގެ ބޮޑު ދެ އެމްޕަޔަރުން ކަމުގައިވާ ސަސާނީ ދައުލަތާއި ބައިޒަންޓެއިން ދައުލަތުން އަޅުވެތިކޮށްފައެވެ. އުތުރުގައި ވެރިކަން ކުރަމުންއައި މަރުކަޒުތަކަކީ ޣަސާސީނާއި، ބުޞްރާއެވެ. އެދެބައިމީހުން ތިބީ ބައިޒެންޓެއިން (ރޫމީ) ވެރިކަމުގެ ދަށުގައެވެ. ވެރިކަން ކުރަމުން އައީ ޢަރަބި ސަރުދާރުންނެވެ. ރޫމީންގެ ނުފޫޒުގެ ސަބަބުން އެހިސާބުގަނޑުގެ އާބާދީގެ ގިނަ މީހުން ތިބީ ކްރިސްޓިއަންދީން ޤަބޫލު ކޮށްގެންނެވެ. ޢަރަބިކަރައިގެ ދެކުނުގައި އޮތީ ބަޙްރައިނުގެ ވެރިކަމާއި، ޢައްމާނުގެ ވެރިކަމާއި، ޔަމާމާގެ ވެރިކަމެވެ. އެދައުލަތްތައްހުރީ ސަސާނީ ރަސްކަން (ފާރިސީން) ގެ ވެރިކަމުގެ ދަށުގައެވެ. ފާރިސީންގެ ނުފޫޒުގެ ސަބަބުން އެހިސާބުގަނޑުގައި އޮތީ މަޖޫސީ ދީން ފެތުރިފައެވެ.
ހިޖުރައިން ހަވަނަ އަހަރު ޙުދައިބިއްޔާގައި ޤުރައިޝުންނާ ދެމެދު ދިހައަހަރުވަންދެން ހަނގުރާމަ ނުކުރުމުގެ އެގްރީމެންޓެއްގައި ސޮއިކުރެވި އަމްނު އަމާންކަން ޤާއިމުވުމުން އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞަލައް ﷲ ޢަލައިހިވަސައްލިމް ޢަރަބިކަރައިގެ އެކިފަރާތްފަރާތުގައި ތިބި ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތައް ފޮނުއްވާން ފެއްޓެވިއެވެ. މިގޮތުން ފޮނުއްވި ފަތްކޮޅުތަކުގެ ތެރެއިން އެއްފަތްކޮޅަކީ ޙާރިޘް ބިން އަބީ ޝަމްރު ޣައްސާނީއަށް ފޮނުއްވި ފަތްކޮޅެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމްގެ ފަތްކޮޅާއިގެން އޭނާގެ ގާތަށް ވަޑައިގަތީ އިތުރު ސާހިބާގެ ސަފީރު شجاع بن وهب އެވެ. އެފަތްކޮޅުގައި ލިޔުއްވާފައިވާ ވާހަކަފުޅުތަކުގެ ތެރޭގައި ވެއެވެ. މާތް ﷲ އަށް އީމާންވެ ވަޑައިގަންނަވާށެވެ. އޭރުން މަނިކުފާނުގެ ރަސްކަން މަނިކުފާނަށް ދެމިއޮންނާނެއެވެ. އިތުރު ސާހިބާގެ އެފަށްކޮޅުގައިވާ އެޖުމްލަ ކިޔުމަށްފަހު ޙާރިޘް ރުޅިއައިސްގެން ފަތްކޮޅު ބިންމައްޗަށް އެއްލައިލާފައި ބުންޏެވެ. "އަހަރެންގެ ވެރިކަން އަހަރެންގެ އަތުން އަތުލެވޭނީ ކާކަށްހެއްޔެވެ؟"
ބުޞްރާގެ ޙާކިމް ޝުރަޙަބީލް ބިން ޢަމްރު ޣައްސާނީ ޢަމަލުކުރީ އިސްވެދެންނެވި ގޮތަށްވުރެވެސް ވިޔާނުދާ ގޮތަކަށެވެ. ރޫމީންގެ މިގަވަރުނަރުގެ ގާތަށް ވަޑައިގަތީ ރަސޫލުޞައްލަ ﷲ ޢަލައިހި ވަސައްލިމްގެ ސަފީރު حارث بن عمير الأزدي އެވެ. އެކަލޭގެފާނު ޝާމްކަރައިގެ ސަރަޙައްދުގެ އަވަށެއް ކަމުގައިވާ މުއުތާއަށް އަރައިވަޑައިގަތުމާއެކު ޝުރަޙަބީލްގެ އިޝާރާތަކަށް އަޢުރާބީންގެ މީހެއް އެކަލޭގެފާނު ޝަހީދުކޮށްކިއެވެ.
ބައިނަލްއަޤްވާމީ އާދަކާދަ ނިޔާކުރާގޮތުން މިޙާދިޘާއަކީ އެއްޤައުމަކުން އަނެއްޤައުމަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ޙަމަލައެއްދިނުމާ އެއްފަދަ ކަމެކެވެ. މީގެއިތުރަށްވެސް ތަފާތު ހެކިތަކުން ސާބިތުވާގޮތުގައި ޝާމްކަރައިގެ ލަޝްކަރު ޤަޞްދުކޮށްފައި އޮތީ ޙިޖާޒުގެ ސަރަޙައްދަށްވަދެ މަދީނާއާ ޙަމަލަދޭށެވެ. ޢަރަބިކަރައިގައި މިނިވަން ދައުލަތެއް އުފެދި އެދައުލަތް ހަރުދަނާވަމުންދާ މަންޒަރު ދެކޭން އޮންނަން ރޫމީ އެމްޕަޔަރަށް ކެތްނުކުރެވުނީއެވެ.
حارث بن عمير ޝަހީދުކުރެވުނު ޚަބަރު މަދީނާއަށް އައުމާއެކު މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަމަށް އަސްކަރީ ޖަވާބެއް ދެއްވަން ޤަޞްދު ކުރެއްވިއެވެ. މުސްލިމުންނަށް އެބައިމީހުންގެ ހަތިޔާރާއެކު ޙަރަޤެވެ ކިޔުނު ތަނަކަށް އެއްވާން އަމުރުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ތިންހާސް މުޖާހިދުންގެ ލަޝްކަރެއް އެއްވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެލަޝްކަރުގެ އަމީރަކަށް زيد بن حارثة رضي الله عنه ހަމަޖައްސަވައި ބޭނުންތެރި ނަސޭހަތް ދެއްވުމަށްފަހު ޝާމްކަރަޔާ ދިމާޔަށް ފުރުއްވައިލެއްވިއެވެ.
އިސްލާމީ ލަޝްކަރު މަޢާން (ޝާމްކަރަ) އަށް ގޮސް މަޑުކުރިއެވެ. އަނެއްކޮޅުން ބުޞްރާގެ ވެރިޔާވެސް ހަނގުރާމައަށް ތައްޔާރުވިއެވެ. އެދުވަސްވަރު އިއްތިފާޤުން ހިރަގުލްވެސް މައާބު (ބަލްޤާއު) ގައި ހުންނެވިއެވެ. އޭނާގެ އަރުހުގައި ހަތިޔާރުއެޅި އެއްލައްކަ ސިފައިންގެ ލަޝްކަރެއް އޮތެވެ. އެހެންކަމުން އެކަންވެގެންދިޔައީ ބުޞްރާގެ އަމީރަށް ލިބުނު މާނަވީ ތާއީދަކަށެވެ. އެސަރަޙައްދުގެ ޢަރަބި ޤަބީލާތައް ކަމުގައިވާ ލަަޚުމާއި ޖުޒާމާއި، ޤައިނާއި، ބައްލީއާއި ބަހްރާ ވަންހައިގެ މީހުންވެސް ކްރިސްޓިޔަން އެއްބައިވަންތަކަމުގެ ޖޯޝުގައި ތެދުވެގަތެވެ. ބައްލީވަންހައިގެ ސަރުދާރު މާލިކް ބިން ޒާލިފާގެ ވެރިކަމުގެ ދަށުގައި ހަނގުރާމަޔަށް ތައްޔާރުވިއެވެ. މިގޮތުން ޝާމްކަރައިގެ މައިދާނުގައި އެއްލައްކައަށްވުރެ ގިނަ އަދަދެއްގެ ސިފައިންގެ ލަޝްކަރެއް ޖަމާވިއެވެ. އަނެއްކޮޅުން މުސްލިމުންގެ އަދަދަކީ ކުރިންވެސް ދެންނެވި ފަދައިން އެންމެ ތިންހާހެވެ.
މިހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ ތޭރަވަނަ ދުވަހުގެއެވެ. މިހަނގުރާމައިގައި زيد بن حارثة رضي الله عنه ދުޝްމިނުންގެ އަތުން ޝަހީދުވެވަޑައިގަތެވެ. އެކަލޭގެފާނަށްފަހު جعفر بن أبي طالب رضي الله عنه އާއި عبد الله بن رواحة رضي الله عنه ވެސް އިސްލާމީ ލަޝްކަރުގެ ވެރިކަމުގައި ތިއްބަވައި ހަނގުރާމަކުރެއްވުމުގެ ތެރޭގައި ޝަހީދުވެވަޑައިގެންނެވިއެވެ.
މުސްލިމުންގެ ތިންއަމީރުން ޝަހީދުވެ ވަޑައިގެންނެވުމުން އަމީރަކުނެތި އިސްލާމީ ލަޝްކަރުގެ ދިދަވެއްޓުމުން މުސްލިމުންގެ ސަފުތައް ރޫޅެންފެށިއެވެ. އެވަގުތު މުސްލިމުންގެ މުޖާހިދެއް ކަމުގައިވާ ثابت بن أقرم އިސްލާމީދިދަ އުފުއްލަވައި ލެއްވުމަށްފަހު ބާރު އަޑުފުޅުން ގޮވައިލެއްވިއެވެ. "މުސްލިމުންނޭވެ! ކޮންމެވެސް މީހަކަށް އަމީރުކަން ދިނުމަށް އެއްބަސްވާށެވެ."
މުސްލިމު ސިފައިންގެ ބައެއްމީހުން ޖަވާބުދިނެވެ. "ކަލޭގެފާނުގެ އަމީރުކަމާ އަޅުގަނޑުމެން ރުހެމެވެ." ثابت ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކަށް މިކަމެއް ނުކުރެވޭނެއެވެ. ތިޔަބައިމީހުން خالد بن وليد އަމީރަކަށް ހަދާށެވެ." އެވަގުތު ޚާލިދު ގެފާނުގެ އަމީރުކަމާ ރުހުމުގެ އަޑު އުފުލޭންފެށިއެވެ. އެއަޑުއިވިވަޑައިގަތުމާއެކު ޚާލިދު ކުރިއަށް އަރައިވަޑައިގެން ދިދަޔާ ޙަވާލުވެ ވަޑައިގެންނެވިއެވެ. އަދި މުސްލިމުން ގޮވައިގެން ރޫމީންނާ ޙަމަލަދެެއްވައި ވަރަށް ވަރުގަދަޔަށް ހަނގުރާމަ ކުރައްވައި ރޫމީ ލަޝްކަރު ފަހަތަށް ޖެއްސެވިއެވެ. މިހަނގުރާމައިގައި މުސްލިމުންގެ ވަރަށް ގިނަ މުޖާހިދުން ޝަހީދުވިއެވެ.
އެހެންނަމަވެސް މުސްލިމުންނާއި ރޫމިންނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތު ނިމުމަކަށް އަންނަ ގޮތެއް ނުވިއެވެ. ރޫމީންގެ އެހީއެކު ޣައްސާނީން އަށް ޙަމަލަދީ ނުވަރޭ ފެނުތެރޭގައި އޮންނަންޖެހުނު އިސްލާމީ ދައުލަތް ސުންނާފަތިކުރަން މަސައްކަތް ކޮށްފާނެކަމުގެ ބިރު އަބަދުވެސް އޮތީ ކުރިމަތިވެފައެވެ. ހިޖުރައިން ފަސްވަނަ އަހަރު ޛުލްހިއްޖާ މަހު ޤުރައިޡަތު ވަންހައިގެ މީހުންގެ މައްސަލަ ހަމަޖެއްސެވިފަހުން މަދީނާގައި އިޤްތިޞާދީ ބައެއް މައްސަލަތައް އުފެދުނެވެ. أمهات المؤمنين އެބޭކަލުންގެ ނަފަޤާތް އިތުރު ކޮށްދެއްވުން އެދިވަޑައިގެން އެދުވަސްވަރު ހުށަހެޅުއްވިއެވެ. އިތުރު ސާހިބާ އެކަމާ ވަރަށް ދެރަފުޅުވިއެވެ. އެކަލޭގެފާނު އެއް މަސްދުވަސް ވަންދެން އެބޭކަލުންގެއަރިހަށް ވަޑައިނުގަންނަވާން ހުވާކުރެއްވިއެވެ. މިކަން ތާރީޚުގައި ބަޔާން ވެގެން އައިސްފައިވެއެވެ. ޞަޙާބީންގެ ބޭކަލަކާ عمرގެފާނާ ބައްދަލުވެވަޑައިގަތުމުން އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ޚަބަރެއް އެއްސެވީމުތޯއެވެ؟" އެވަގުތު ޢުމަރުގެފާނުގެ ދޫފުޅުން ކުއްލިއަކަށް ނިކުތް ބަސްފުޅަކީ "ޣައްސާނީން އައީތަ؟" މިބަސްފުޅެވެ. މިވާހަކައިން އެދުވަސްވަރު ޣައްސާނީންގެ ނުރައްކާ މަދީނާއަށް ކުރިމަތިވެފައިއޮތް މިންވަރު ފުރިހަމައަށް ވަޒަންކުރެވެއެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު