ސަރުކާރަށް ފާރަލީކަމަށްބުނެ 78 އަހަރުގެ އެމެރިކާ ރައްޔިތަކު ޗައިނާއިން ޖަލަށްލައިފިއެވެ.
ޖޯން ލިއަންގޚޫ ނަމަކަށްކިޔާ މިދުވަސްވީ މީހާ އަކީ ހޮންގްކޮންގްގެ ޕަރމަންނަންޓް ރެޒިޑަންސީގައި ދިރިއުޅެމުންދާ ރައްޔިތެކެވެ. އޭނާއަށް ޖަލުހުކުމެއް އިއްވާފައިވަނީ ހޯމަދުވަހު ޗައިނާގެ ކޯޓަކުންނެވެ.
މިކަމާ ބެހޭގޮތުން ކޯޓުން އާންމުކޮށްފައިވާ ބަޔާކުގައި މިދުވަސްވީ މީހާ ފުރަތަމަ ހައްޔަރުކުރީ މީގެ ދެއަހަރު ކުރިން ޗައިނާގެ ކައުންޓަރ އިންޓެލިޖެންސުން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ ސަރުކާރުގެ ސިއްރުތައް ހޯދުމަށް މަސައްކަތްކުރުމުގެ ތުހުމަތުކަމަށް އެބަޔާނުގައިވެއެވެ.
މިކަމާއި ބެހޭގޮތުން ޗައިނާގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނީ ޗައިނާއިން އެމެރިކާގެ ރައްޔިތަކު ޖަލަށްލައިފާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެމެރިކާ އަދި ޗައިނާގެވެސް އެއްވެސް ސަރުކާރުގެ އިދާރާއަކުން މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.
ޗައިނާގައި ސިއްރު ޝަރީއަތްތައް ހިންގުމަކީ އާންމު ކަމަކަށް ވާއިރު، ޖާސޫސީ ދައުވާ ލިބޭ ފަދަ ނާޒުކު މައްސަލަތަކުގައި އާންމުކޮށް ހާމަކުރަނީ މަދު ތަފްސީލެކެވެ.
ކަމާބެހޭ މާހިރުން ލަފާކުރާގޮތުން ޗައިނާއިން އެމެރިކާ ރައްޔިތަކު ޖަލަށްލުމާއިއެކު، ހީނަރުވެފައިވާ ދެގައުމުގެ ގުޅުމަށް އިތުރަށް ބުރޫއެރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު