އަންހެނަކު މަރުވިތާ ދެހަފްތާ ފަހުން އިންޑިއާގެ އިންތިހާބެއް ކާމިޔާބުކޮށްފިއެވެ.
އިންތިހާބުގެ އޮފިޝަލުން ބުނާގޮތުން އޭނާ އިންތިހާބުން ހޮވުނީ، އޭނާގެ ސަޕޯޓަރުން، އޭނާ މަރުވިފަހުންވެސް އޭނާއަށްވީ ވައުދު ފުއްދައިދިނުމުންނެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް އުއްތަރު ޕްރަދޭޝްގައި މި މަހު މުނިސިޕަލް ސިވިކް ބޮޑީގެ ގޮނޑިއަކަށް ވާދަކުރި ރޭހުގައި އާޝިޔާ ބީ ވަނީ ގާތްގަނޑަކަށް 44 އިންސައްތަ ވޯޓު ހޯދާފައެވެ.
ފުރަތަމަ ފަހަރަށް އިންތިހާބަކަށް ކުރިމަތިލި އުމުރުން 30 އަހަރުގެ މިއަންހެން މީހާ މަރުވީ ކުއްލިއަކަށް ކުރިމަތިވި ފުއްޕާމޭގެ ސީރިއަސް އިންފެކްޝަނަކާއި ބަނޑުގައި އިންފެކްޝަނެއް އުފެދިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ މަރުވީ ވޯޓުލުމުގެ 12 ދުވަސް ކުރިންނެވެ.
އިންތިހާބުގެ ކުރިން އާޝިޔާ މަރުވިކަން އޭނާގެ ފިރިމީހާ އިންތިހާބުގެ އޮފިޝަލުންނަށް އެކަން އެންގިކަމަށް އޭނާގެ ފިރިމީހާ ހާމަކުރިނަމަވެސް، ޑިސްޓްރިކްޓް އޮފިސަރު ބަގްވާން ޝަރަން އަންގާރަ ދުވަހު އޭއެފްޕީއަށް ވިދާޅުވީ ވޯޓު ކަރުދާހުން އޭނާގެ ނަން އުނިކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށްގޮސްފައި ނުވާތީ އިންތިހާބު ކުރިއަށްދިޔައީ އޭނާގެ ނަން ހިމަނައިގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު