ކޯވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރު ކޮށްފައިވާ 2507 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް 1450 މީހަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. މިއާއެކު ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތުގެ ގޮތުގައި ޖުމްލަ 2507 މީހަކަށް 10.1 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފައެވެ. ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް 5،000ރ. ގެ އިންކަމް ސަޕޯޓް އެލަވަންސެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި އެހީ ދެނީ ކޯވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ 197 މިލިއަން ރުފިޔާ ދޭން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީތެރިކަން ލިބުމުން، ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން 3 މަސް ދުވަހަށް އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ލިބޭނެ އެވެ.
ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވާފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ދޭނެކަމަށްވެސް މި އުސޫލުގައިވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގައި އެންމެބޮޑަށް އަސަރުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެ ސިނާއަތުން 11،000 އަށްވުރެ ގިނަ މީހުން "ނޯޕޭ ލީވް" ގައި ގެއަށް ފޮނުވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު