(ކުރީގެ އަދަދާގުޅޭ)
މަޝްހޫރު ރިވާޔަތްތަކުގައި ވާގޮތުން ކަޢުބަތު ﷲ ގެފުޅުވަނީ ހަތަރުފަހަރެއްގެ މަތީން ޢިމާރާތް ކުރެވިފައެވެ. އެންމެ ފުރަތަމަ ފަހަރު ގެފުޅު ބިނާކުރެއްވީ ސަލާމްލެއްވި އިބްރާހީމްގެފާނެވެ. އެކަލޭގެފާނުގެ ދޮށީދަރިކަލުން އިސްމާޢިލް ގެފާނުގެ މަދަދާއެކުގައެވެ. ދެވަނަ ފަހަރަށް ގެފުޅު ބިނާކުރެއްވީ އިސްލާމްދީން އައުމުގެކުރީން ޤުރައިޝު ވަންހައިގެ މީހުންނެވެ.
ޤުރައިޝުން ޢިމާރާތްކުރީ އިބްރާހީމްގެފާނު ބިނާކުރެއްވި ވަރަށްވުރެ ގެފުޅުގެ ދިގުމިނުން ބައެއް ކުޑަކޮށެވެ. އެބައިމީހުން ދޫކޮށްލި ބަޔަކީ ޙަޠީމާއި މިހާރުގެ ގެފުޅާ ދެމެދުގައި އެވާބައެވެ. އެބަޔަށް ޙަޠީމޭވެސް އަދި ހިޖްރޭވެސް ކިޔެއެވެ.
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ام المؤمنين السيدة عائشة رضي الله عنها ގެ އަރިހުގައި ގެފުޅާ ބެހޭގޮތުން ޙަދީޘް ކުރައްވާފައިވެއެވެ. "ކަމަނާގެ ޤައުމު ޖާހިލުކަމުގެ ތެރެއިން ނިކުތީ ދާދިފަހުން ކަމުގައި ނުވާނަމަ އަހުރެން އިބްރާހީމްގެފާނު ބިންގަލުގެ މަތީގައި ގެފުޅު އަލުން ޢިމާރާތް ކުރީމުހެވެ. އަދި ގެފުޅުގައި ދެދޮރުކޮޅު ބެހެއްޓީމުހެވެ. އެއްދޮރުކޮޅު އިރުމަތީ ފަރާތުގައެވެ އަނެއްދޮރުކޮޅު ހުޅަނގު ފަރާތުގައެވެ. (ޖާމިޢުލް އުޞޫލް ނުވަނަބައި، ޞަފްޙާ: 297)
ތިންވަނަ ފަހަރަށް ގެފުޅު ޢިމާރާތްކުރުމުގެ ސަބަބަކަށްވީ ހިޖުރައިން 36 ވަނަ އަހަރު ޔަޒީދު ބިން މުޢާވިޔަތުގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ ޝާމީ ލަޝްކަރު، ޙަޞީން ބިން ނުމައިރުގެ ވެރިކަމުގައި عبد الله بن الزبير رضي عنه އާ ކުރި ހަނގުރާމައިގައި މައްކާ ޙިޞާރުކޮށް ސާޅަނގައިން ކަޢުބާއަށް ހިލައުކުމުގެ ސަބަބުން އަލިފާންރޯވެ ފާރުކޮޅު ވެއްޓުމުންނެވެ. އެޙާދިޘާއާ ވިދިގެން عبد الله بن الزبير ގެފުޅު ބިނާކުރެއްވިއެވެ. އެކަލޭގެފާނު ގެފުޅު ބިނާކުރެއްވީ އިސްވެ ދެންނެވިފައިވާ ޙަދީޘްފުޅުގެ މައްޗަށް ރިޢާޔަތްކުރައްވައި އިބްރާހީމުގެފާނުގެ ގެފުޅުބިނާކުރެއްވި ބިންގަލުގެ މަތީގައެވެ. عبد الله بن الزبير ގެފުޅުގައި ދެދޮރުކޮޅުވެސް ބެހެއްޓެވިއެވެ. އެއްދޮރުކޮޅުން ވަންނަ މީހުން އަނެެއް ދޮރުކޮޅުން ނިކުތުމަށްޓަކައެވެ.
عبد الله بن الزبير ޝަހީދުވެ ވަޑައިގަތުމުން ޙައްޖާޖު ބިން ޔޫސުފް، ގެފުޅުގެ ކަންތަކާގުޅޭގޮތުން ޚަލީފާ ޢަބްދުލް މަލިކް ބިން މަރުވާނަށް ލިޔުއްވިއެވެ. ޢަބްދުލް މަލިކް ބިން މަރުވާނު އަމުރުކުރެއްވިއެވެ. އަހަރެން عبدالله بن الزبير ޢަމަލު ކުރެއްވިގޮތާ ތަބާވާކަށެއް ނުޖެހޭނެއެވެ. ގެފުޅު އިހަށްވެސް ހުރިގޮތަށް އަލުން ޢިމާރާތް ކުރާށެވެ. އަދި عبدالله بن الزبير ބެހެއްޓެވި ދެވަނަ ދޮރުކޮޅު ބައްދައި ލަދޭށެވެ. މިއީ ގެފުޅުގެ ހަތަރުވަނަ ބިނާކުރުމެވެ. (ޖާމިޢުލް އުޞޫލް ނުވަނަބައި، ޞަފްޙާ: 297)
ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާން އައުމުން އޭނާ عبدالله بن الزبير ބިނާ ކުރެއްވިގޮތަށް ދެވަނަ ފަހަރަށް ގެފުޅު ބިނާކުރައްވާން ޤަޞްދު ކުރެއްވިއެވެ. އެހިނދު އިމާމް މާލިކް ބިން އަނަސް ޚަލީފާގެ އަރިހުގައި ވިދާޅުވިއެވެ.
" أمير المؤمنين އެވެ! އަޅުގަނޑު މާތް ﷲ އަށްޓަކައި މަނިކުފާނުގެ އަރިހުގައި ދަންނަވަމެވެ. މަނިކުފާނަށް ފަހު ރަސްރަސްކަލުން ކުޅުއްވާނެ ތަނަކަށް މިގެފުޅު ނަހައްދަވާށެވެ. އެހެންވެއްޖެނަމަ ހިތަށްއެރި ކޮންމެ މީހަކު ހިތަށްއެރި ކޮންމެ ހިނދަކު މިގެފުޅަށް ހިތުހުރި ގޮތަކަށް ބަދަލު ގެންނަމުން ދާނެއެވެ. އޭރުން މީސްތަކުންގެހިތްތަކުން ގެފުޅުގެ ހައިބަތު ކެނޑިގެން ހިނގައި ދާނެއެވެ."
މިގޮތުން އިމާމު މާލިކު، ޚަލީފާ ހާރޫނުއް ރަޝީދު ދެއްވި އެޚިޔާލުފުޅަށް ޢަމަލީ ސިފަ ގެންނެވިޔަ ނުދެއްވައި އެކަން ހުއްޓުވިއެވެ.
މީހުންގެ އާދަކާދަތައް މުގުރުއްވުމަކާނުލައި ހަނުހިމޭންކަމާއެކު ބަދަލުތައް ގެންނެވުމަކީ ނަބީބޭކަލުން ޢަމަލުކުރައްވާ ގޮތްކޮޅުގެ ތެރޭގައި ހިމެނޭ މުޙިއްމު އުޞޫލެކެވެ. މީހުންގެ އާދަކާދައަކީ އިޖުތިމާޢީ ޙަޔާތުގައި ވަރަށް މުޙިއްމު އެއްޗެކެވެ. ގިނަމީހުން ކުރިއަށްހިނގަނީ އާދަކާދައިގެ އެހީގައެވެ. އާދަކާދަ ކުއްލިޔަކަށް މުގުރާން ފަށައިފިނަމަ އާއްމުންނަށްޓަކައި އަޚްލާޤިއްޔާތުގެ ލަގަނެއް ނޯންނާނެއެވެ.
މުޖުތަމަޢެއްގައި އަބަދުވެސް އާދައެއް އުފެދެނީ ޤަރުނުތަކެއްގެ ތާރީޚުންނެވެ. ކޮންމެވެސް މީހަކު ބުނެފައި އެވަނީ ރަނގަޅަށެވެ. އާދަކާދައިގެ ތެރޭގައި ހިމެނޭ ކުޑަކުޑަކަމެެއް އުފެއްދުމަށްޓަކައިވެސް ވަރަށް ދިގު ތާރީޚެއް ބޭނުންވެއެވެ.
It requires a lot of history to make a little tradition
މިސަބަބަށްޓަކައި ނަބީބޭކަލުން އިޞްލާޙުތައް ގެންނަވަނީ ޙިކުމަތްތެރިކަމާއެކު މަޑުމަޑުންނެވެ. އަޑުއެރުއްވެވުމާއެކު ގެންނަވާ ބޮޑެތި ބަދަލުތަކުގެ ޒަރީޢާއަކުން ނޫނެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު