ސައުދީ އަރަބިއްޔާގެ މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، ޕާކިސްތާނުގެ އަށް އުމުރާވެރިއަކު ނިޔާވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައި މައްކާގެ އިބްރާހިމް ޚަލީލް މަގުގައި ހުންނަ ހޮޓަލެއްގައެެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އަށް އުމުރާވެރިންނެވެެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މި އަލިފާނުގެ ހާދިސާގައި އަށް އުމުރާވެރިއަކު ނިޔާވެފައިވާއިރު، އިތުރު ހަ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ޖިއްދާގައި ހުންނަ ޕާކިސްތާނުގެ ކޮންސިއުލޭޓުން ލޯކަލް އޮތޯރިޓީތަކާ ގުޅިގެން މިހާދިސާގައި ނިޔާވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް އެހީތެރިވެދެމުންދާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މައްކާގެ އެ ހޮޓަލުގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ޝޯޓް ސާކިޓެއްގެ ސަބަބުން އަލިފާން ރޯވެ، ވަރަށް އަވަހަށް އެހެން ކޮޓަރިތަކަށް ވެސް އަލިފާން ގަނޑު ވަނީ ފެތުރިގެން ގޮސްފައެވެ.
އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މިހާދިސާގައި އަނިޔާ ލިބުނު އުމުރާވެރިންގެ ސިއްހީ ހާލަތު ބެލެހެއްޓުމަށާއި ގެއްލުން ލިބުނު އާއިލާތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެގައުމުގެ ދީނީ ކަންކަމާ ބެހޭ މިނިސްޓްރީއަށް އަންގަވައިފަ އެވެ.
މިދިޔަ އޭޕްރީލް މަހު ސައުދީ އަރަބިއްޔާގައި ހިނގި ހިތާމަވެރި މަގުމަތީ އެކްސިޑެންޓެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޕާކިސްތާނުގެ ނުވަ ރައްޔިތަކު މަރުވެ ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު