މިމައްސަލައަކީ އަޅުގަޑުމެންގެ މުޖްތަމަޢުގައި ވަރަށް ބޮޑުވެފައިވާ މީސްތަކުންނަށް އެކަމުގައި ހުރި ނުބައިކަން އެނގިފައިނުވާ ނުވަތަ ފަރުވާކުޑަކުރެވިފައިވާ ކަމެކެވެ. ވުމާއިއެކު، މިކަމުގެ މައްޗަށް ކޮންމެވެސް އެއްޗެއް ބުނެނުލާ ހުރުމަކީ ފާފަވެރިވެދާނެ ކަމެއްކަމަށް ހީވެގެން ކުރިޔަށް ދެވޭތޯ ގަސްތުކުރީމެވެ. ވަބި ﷲ އައްތައުފީގް.
ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގެ މަތީންނެވެ.
މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށާއި ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙި ބަސްފުޅުގައިވެއެވެ. (ألم نجعل له عينين، ولسانا وشفتين) البلد: ٨ – ٩ މާނައަކީ: "ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ".
އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب) މާނައަކީ: "އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ". އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަންނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ.
އަނެއްކޮޅުން ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްވަނީ ދެއްވާފައި ވެއެވެ. ޙަދިޘް ކުރެއްވިއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة)، މާނައަކީ: "އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ) ދެފައިދޭތެރޭގައިވާތަން(ފަރުޖު) ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ".
މުޢާޛް ބިން ޖަބަލު ރަޟިޔަ ﷲ ޢަންހު އަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ.
"މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!".
ދޫރައްކާތެރިކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ، (من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت) މާނައަކީ: "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ".
އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރުހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއްފެނިގެންދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައިވަނީ ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު ވިސްނައިނުލައެވެ. (ما يلفظ من قول إلا لديه رقيب عتيد) ق: ١٨ މާނައަކީ: "އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ".
ޣީބަބުނުމަކީ ކޮބާ؟
"ޣީބަ" މިލަފްޡް ނެގިފައިވަނީ "ޣައިބު"އިން ނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗިއްސެވެ. "ޣީބަ" އަށް ޣީބަޔޭ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެވާހަކައެއް ދެއްކުމެވެ.
"ޣީބަ" އަކީ ކޮބައިކަން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް ޣީބަ އަކީ ކޮންއެްޗެއްކަން އެނގޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ މޮޅަށްދެނެވޮޑިގެންވެއެވެ. އެހިދު ޙަދީޡް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަދެއްކިނަމަވެސްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ".
ޣީބަބުނުމުގެ ޙުކުމް:
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް އުއްމަތުގެ ދަންނަބޭކަލުން އިޖްމާޢުވެލައްވައެވެ. އެކަމަކީ ބޮޑުފާފައެއްތޯ ނުވަތަ ކުޑަފާފަ އެއްތޯ މިކަމާއި މެދުގައި ކުޑަ ޚިލާފެއް ހުއްޓެވެ. އަލްއިމާމް ގުރްޠުބީ ވިދާޅުވަނީ ޣީބަބުނުމަކީ ބޮޑުފާފައެއް ކަމަށެވެ. ސަބަބަކީ ގުރްއާނާއި ސުންނަތުގައި ވަޢީދުގެ ބަސްފުޅުތައް މިކަމާއި ގުޅިގެން އައިސްފައިވާތީއެވެ. އެހެންކަމުން ގުރްޠުބީ ދެކިލައްވާގޮތުގައި މިކަމުގައި ޚިލާފްއުފެދެންވީ ސަބަބެއްނެތެވެ.
އަލްއިމާމް ޣަޒާލީގެ ކިބައިން އައިސްފައިވާ ގޮތުގައި ޣީބަބުނުމަކީ ކުދިފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިދެގައުލު ޖަމްޢު ކުރައްވާ އިބްނު ޙަޖަރު ރަހިމަހު ﷲ ވިދާޅުވަނީ ޞާލިޙް ތަގްވާވެރި ރަގަޅު އަޅަކު ނުވަތަ ޢިލްމުވެރިއެއްގެ ޣީބަބުނުމާއި އާދައިގެ އިންސާނެއްގެ ޣީބަބުނުމާއި ތަފާތުކަމަށެވެ. އެހެނީ ތަގްވާވެރިންގެ ޣީބަބުނުމަކީ ބޮޑުފާފަ އެކެވެ. އަދި އާދައިގެ މީހެއްގެ ޣީބަ ބުނުމަކީ ކުޑަފާފަ އެކެވެ.
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ދަލީލުތައް:
1. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ) الحجرات: ١٢ މާނައަކީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި، ތިޔަބައިމީހުން އަކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަކުކުވެސް އޭނާގެ އަޚުގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. ތިޔަބައިމީހުން މާތް ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން މާތް ﷲ އީ ތައުބާގަބޫލުކުރައްވާ ރަޙްމަތްވަންތަ އިލާހެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްވިދާޅުވިއެވެ. "މާތް ﷲ މުޅަތަކެތި ޙަރާމް ކުރެއްވިފަދައިން ޣީބަބުނުން ވެސް ޙަރާމް ކުރެއްވިއެވެ".
އަލްގާޟީ އަބޫޔަޢުލާ ވިދާޅުވިއެވެ. "މިއާޔަތުގައި ޣީބަބުނުން މުޅަތަކެތި ކެއުމުގެ މިޘާލް ޖައްސަވާފައިވަނީ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުންނެވެ. ސަބަބަކީ މުސްލިމެއްގެ މަސްގަނޑު ކެއުމަކީ ޙަރާމް ކަމެކެވެ. އަދި މީސްތަކުންގެ ޠަބީޢަތު އެކަމާ ނުރުހޭނެ ކަމެކެވެ. އަދި އެފަދަކަންތައް ކުރާމީހުން ދެކެ މީހުން ނަފްރަތު ކުރާނެއެވެ. އެހެންކަމުން ޣީބަބުނުމަކީވެސް މިދަރަޖާގައި ނުރުހުންތެރިކަންފާޅު ކުރަން ޖެހޭ ކަމެކެވެ.
އައްޒައްޖާޖް ވިދާޅުވިއެވެ. "ތިޔަބައިމީހުން މުޅަމަސް ކެއުމަށް ނުރުހޭނެ ފަދައިން މީސްތަކުންގެ ނުބައިވާހަކަ ދެއްކުމަށްވެސް ނުރުހޭށެވެ".
މިއާޔަތުގައި ޣީބަބުނުން މައްޔިތާގެ މުޅަމަސް ކެއުމާ ވައްތަރުކުރައްވާފައިވާ ސަބަބަކީ: މަރުވެފައި އޮންނަ މައްޔިތެއްގެ މަސްގަނޑު މީހަކު ކަނޑައިގެން ކޭނަމަވެސް މައްޔިތާއަށް އޭނާގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހަމައެފަދައިން މީހަކު ނެތް ތަނުގައި އޭނާގެ ނުބައިވާހަކަ ނުވަތަ އޭނާ ނުރުހޭ ވާހަކަ އެއް ދެއްކި ކަމުގައިވީނަމަވެސް އޭނާގެ ނަފްސުގެ ދިފާޢުގައި ކުރެވޭނެ ކަމެއްނުތުނީމައެވެ.
2. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ) الحجرات: ١١ މާނައީ: "އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް އަނެކަކުގެ އައިބު ނުކިޔާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު މިނަންގަނެވުނުކަންތައްކުރުމުން ފާސިގުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. މިކަންތަކުން ތައުބާނުވީ މީހުންނަކީ އަމިއްލަ ނަފްސަށް އަނިޔާކުރާމީހުންނެވެ".
މިއާޔަތުގައިމިވާ "ލަމްޒު" ގެ މާނަ ކުރައްވަމުން އިބްނުޢައްބާސް ވިދާޅުވިއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް އެއްޗެތިކިޔާނުހަދާށެވެ". މިފަދައިން މުޖާހިދް، ސަޢީދު ބިން މުސައްޔިބް، ގަތާދާ، އަދި މުގާތިލް ބިން ޙައްޔާންގެ ކިބައިންވެސް ނަގުލުވެގެންވެއެވެ.
އިބްނުކަޘީރު ވިދާޅުވިއެވެ. "ހަމްޒު" އަކީ ޢަމަލުން މީސްތަކުންނަށް ގޯނާކުރުމެވެ. އަދި "ލަމްޒު" އަކީ ބުނާބަހަކުން މީހުންނަށް ގޯނާ ކުރުމެވެ.
އިބްނުކަޘީރުގެ ބަހަށް އައްޝައިޚް ޝަންގީތީ ތާއީދުކުރައްވާވިދާޅުވިއެވެ. "ހަމްޒު" ގެ ތެރެއަށް "ޣީބަ" ބުނުންވެސް ވަންނާނެއެވެ.
3. މާތް ﷲ ވަޙީކުރެއްވިއެވެ. (وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ) الهمزة: ١ މާނައަކީ: "ނެތިނުބައި ކިޔުމާއި ޣީބަބުނާ ކޮންމެ މީހަކަށް ހަލާކާއި ޢަޛާބު ހުއްޓެވެ".
"ހަމްޒު" އާއި "ލަމްޒު" ގެ މާނަ އިސްވެ ހިނގައްޖެއެވެ. އެއީ ޣީބައިގެ ތެރޭގައި ހިމެނޭ ދެކަމެކެވެ.
މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "މީސްތަކުންގެ މަސްކަމުން ގޯނާކުރަމުން ދިޔުމެވެ".
(ويل) އަކީ ނަރަކައިގެ ވާދީ އަކަށް ކިޔޭނަމެކެވެ.
އަލްއިމާމް އައްސަޢުދީ ވިދާޅުވިއެވެ. މިއާޔަތްތައް ބާވާލެއްވުނީ މުޝްރިކުންގެ މައްޗަށްކަމުގައިވީނަމަވެސް މިއާޔަތްތަކުގައި ބުނެވިފައިވާ ޞިފަޖެހިފައިވާ އެންމެންގެ މައްޗަށް ޢާއްމެވެ. ސަބަބަކީ ގުރްއާން ބާވާލެއްވުނީ ޚަލްގުތަކުންނަށް ހިދާޔަތް ދެއްކެވުމަށެވެ. އެހެންކަމުން އުއްމަތުގެ އެންމެން ޝާމިލުވެއެވެ.
4. (وَلَا تُطِعْ كُلَّ حَلَّافٍ مَهِينٍ. هَمَّازٍ مَشَّاءٍ بِنَمِيمٍ) القلم: ١٠ – ١١ މާނައަކީ: "އަދި ބާޠިލްގޮތުގައި ހުވާކޮށްހަދާ، ދެރަނިކަމެތި ކޮންމެ މީހަކަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ. އެއީ މީހުންނަށް ޢައިބުބުނެ ނުބައިވާހަކަތައް ދައްކަމުން ހިނގާ މީހެކެވެ".
އިމާމް ޝައުކާނީ ވިދާޅުވިއެވެ. "ހައްމާޒު" ގެ މާނައަކީ މީސްތަކުންނަށް ޣީބަބުނާ މީހާއެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ވިދާޅުވިއެވެ. ގަލަމް ސޫރަތުގެ 8 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށް މިވާ އާޔަތްތަކުގައި ވަރަށް މުހިންމުކަމެއް ހިމެނިގެންވެއެވެ.
އެއީ: މިދެވައްތަރުގެ މީހުން (ދޮގުވެރިންނާއި ޣީބަބުނާ މީހުން) ނަށް ކިޔަމަންތެރި ނުވުމަށް އެންގެވުން. މިކަމުގައި އެކުލެވިގެންވާ ފައިދާއަކީ: މީހަކަށް ކިޔަމަން ނުވުމަށް އެންގެވުމުގެ މާނަ އަކީ އޭނާގެ ކިބައިގައި ހުރި ޞިފަތަކުންވެސް ދުރުހެލިވުމަށް އެންގެވުމެވެ. އެހެންކަމުން ދޮގުބުނާމީހުންނާއި ޣީބަބުނާ މީހުންނަށް ކިޔަމަންތެރިވާކަށް ނުޖެހެއެވެ. އަދި އެފަދަމީހުންގެ އަޚްލާގުންވެސް ދުރުހެލިވާންޖެހެއެވެ.
ޣީބަ ޙަރާމް ކުރެއްވިކަމަށް ދޭހަވާ ސުންނަތުގެ ދަލީލުތައް:
1. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (إن دمائكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في شهركم هذا في بلدكم هذا). މާނައަކީ: "ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދުގެ (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިމައްސަރު(ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްރެރިވީފަދައިންނެވެ".
މިޙަދީޘްގެ ޝަރަޙާގައި އިބްނުލް މުންޛިރު ވިދާޅުވިއެވެ. "ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އުއްމަތަށް ބަޔާންކޮށްދެއްވައިފިއެވެ، އެކަން ޙަރާމް ކުރެއްވުން ގުޅިފައިވަނީ ލެޔާއި މުދަލާއެވެ. އެހެނީ ޙައްގަކާނުލާ މީހަކު މަރާނުލެވޭނެ ފަދައިން އަދި މީހެއްގެ މުދާ އަތުލައިނުގަނެވޭނެ ފަދައިން ޣީބަ ބުނުމަކީ ވެސް ޙަރާމް ކަމެކެވެ. އެކަން (ޣީބަބުނުން) ޙަރާމްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުން މައްކާގެ ޙުރްމަތާއ(މާތްކަން) ޛުލްޙިއްޖާމަހުގެ ޙުރްމަތާއި ގުޅުއްވައިލެއްވިއެވެ. އެހެނީ މައްކާގެ ބިމުގެ ޙުރުމަތްކެޑުމާއި ޛުލްޙިއްޖާމަހުގެ ޙުރުމަތް ކެނޑުން ޙަރާމްވީފަދައިން ޣީބަބުނުންވެސް ޙަރާމްވެއްޖެއެވެ.
އަލްއިމާމް ނަވަވީ މުސްލިމްގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. މިޙަދީޘް ގެ މުރާދަކި ބަޔާން ކުރެވުނު ކަންތަކުގެ ބޮޑުކަން ބަޔާންކޮށްދެއްވާ، އެފަދަކަމަކަށް އަރައިނުގަތުމަށް އުއްމަތަށް އިންޛާރުދެއްވުމެވެ.
2. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. (من أربي الربا الإستطالة في عرض المسلم بغير حق). وفي رواية ( إن من أكبر الكبائر استطالة المرء في عرض رجل مسلم بغير حق). މާނައަކީ: "އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "އެންމެ ބޮޑެތިފާފަ ތަކުގެ ތެރޭގައި ޙައްގަކާއި ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ".
3. ޢައިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވީމެވެ. ޞަފިއްޔާގެ ކިބައިން ކަލޭގެފާނަށްފުދިއްޖެއެވެ، އެކަމަނާ ހާދަކުރެވެ. އެހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ތިޔަވިދާޅުވި ކަލިމަ މޫދުގެ ލޮނުގަނޑާ އެކުވެގެން ހިނގައިދާނެއެވެ".
މިޙަދީޘް ގެ ޝަރަޙަގައި މުބާރިކްފޫރީވިދާޅުވިއެވެ. މީގެ މާނައަކީ "ޣީބަ" އަކީ ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވޭނެ އެއްޗެއްނަމަ އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ކުލަބަދަލުވެގެން ހިނގައިދާފަދަ އެއްޗެކެވެ.
މިއިން ދޭހަވަނީ "ޣީބަ" ބުނުމުގެ ނުބައިކަންބޮޑު ކަމެވެ. ކަމުގެ ޚުޠޫރަތްތެރި ކަމެވެ. ކުޑަކަމެއްގެ ގޮތުގައި ހީވިނަމަވެސް، ކަމަކީ އާދައިގެ ކަމެއް ނޫން ކަމެވެ.
4. މާޢިޒް ރަޟިޔަ ﷲ ޢަންހު- ޒިނޭގެ ކުށައް އިޢުތިރާފްވި ހިނދު އެކަލޭގެފާނު ރަޖަމް ކުރެވުނެވެ. ރަޖަމް ކުރުމުގެ ޙާދިޘާ ނިމުނު ތަނުން ޞަޙާބީ ބޭކަލަކު ވިދާޅުވި އެވެ. މާތް ﷲ އޭނާ އަށް އެކަން(ޒިނޭކުރިކަން) ސިއްރުކޮށްދެއްވި ހިނދު އޭނާ އަމިއްލަ އަށް އެވާހަކަ ދެއްކުމުން މިއަދު ކުއްތާއެއް ރަޖަމް ކުރާފަދައިން ހިލައިންތަޅާ އޭނާ ރަޖަމް ކުރެވިއްޖެއެވެ. މިއަޑު ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް އިވިވަޑައިގެން މަރުވެފަިއވާ ޙިމާރެއްގެ މަސްގަނޑުގެނެސް އެވާހަކަގައި ބައިވެރިވި ޞަޙާބީންނަށް ދެންނެވިއެވެ. "މަރުވެފައިމިވާ ޙިމާރުގެ މަސްގަނޑު ތިޔަބައިމީހުން ކާށެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ނަބިއްޔާ އެވެ. މަރުވެފައިވާ ޙިމާރެއްގެ މަސްގަނޑު ކާނީ ކޮންބައެއް ހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާގެ އަބުރަށް އަރައިގަތުމުން ތިޔަ ކުރެވުނީ މި މުޅަމަސްގަނޑު ކެއުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ".
ނުނިމޭ
***********
މިލިޔުމަކީ 08 އެޕްރިލް 2010 ގައި ދިއިސްލާމް.ކޮމް ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު