އަލްއަގްސާ މިސްކިތުގެ ބިމު އަޑިން ކޮނެފައިވާ ޓަނަލްތަކުގެ ތެރޭގައި އިސްރާއީލުން ބޭއްވި ކެބިނެޓް ބައްދަލުވުން.
އަލްއަގްސާ މިސްކިތުގެ ބިމު އަޑިން ކޮނެފައިވާ ޓަނަލްތަކުގެ ތެރޭގައި އިސްރާއީލުން ބޭއްވި ކެބިނެޓް ބައްދަލުވުން.
އަލްއަގްސާ މިސްކިތުގެ ބިމު އަޑިން ކޮނެފައިވާ ޓަނަލްތަކުގެ ތެރޭގައި އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއް ބޭއްވުމުން ފަލަސްތީނުގެ ރައްޔިތުން ރުޅިގަދަވެއްޖެއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ އަލްއަގްސާ މިސްކިތުގެ ބިމު އަޑި ކޮނެ ޓަނަލް ތަކެއް ހެދުމަށްފަހު، މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މިއީ ގަވާއިދުން ކޮންމެ ހަފްތާއަކު ބާއްވާ ކެބިނެޓް ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތަޔާ ވަނީ އިރުމަތީ ގުދުސްގައި އިސްރާއީލުން ކޮނެފައިވާ ތަންތަން ފާހަގަ ކުރުމަށް ޔުނެސްކޯއަށް ގޮވާލައްވާފައެވެ. މީގެއިތުރުން، މިސްކިތުގެ ބިމު އަޑީގައި ކެބިނެޓް ބައްދަލުވުމެއް ބޭއްވިޔަސް އިޒްރާއީލަށް އެސަރަހައްދަށް ބާރު ނުފޯރުވޭނެކަމަށް ފަލަސްތީނު ސަރުކާރުން ބުނެއެވެ.

ގިނަ އަހަރުތަކެއް ވަންދެން އިސްރާއީލުން އަލްއަގްސާ މިސްކިތް ސަރަހައްދުގެ ބިމު އަޑި ކޮންނަމުންދަނީ، ފަލަސްތީނުގެ ބިމުގެ ވެރިކަމަކީ އިޒްރޭލުންގެ ތަނެއްކަން އަންގުވައިދޭނެ ތާރީހީ ފައްޅިއެއް ހޯދުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އިޒްރާއީލުން އެބުނާ އެމީހުންގެ ތާރީހު ދައްކުވައިދޭނެ ތަރިކައެއް ނުވަތަ ފައްޅިއެއްވެސް އަދި ފެނިފައެއް ނުވެއެވެ.

ބިން ކޮނުމުގެ މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން ކަންބޮޑުވަނީ އަލްއަޤްސާ މިސްކިތް ދަށުން ޓަނަލްތައް ކޮނުމުގެ ސަބަބުން ބިންހެލުމެއް އަތުވެއްޖެ ނަމަ، އަލް އަޤްސާ މިސްކިތް ބިމާއި ހަމަވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަދި އަލް އަގްސާ މިސްކިތަށް ބާރުފޯރުވާނަމަ، އިސްރާއީލާއި ފަލަސްތީނުގެ ކޯޅުން އިތުރަށް ގޯސްވެގެންދާނެކަމަށް ކަމާ ބެހޭ މާހިރުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން