ޖަޕާނުގައި ތޫނު އެއްޗަކުންނާއި ބަޑިންލ ހަމަލާދީ ހަތަރު މީހަކު މަރާލި މީހަކު ހައްޔަރުކޮށް ޖަލަށްލައިފިއެވެ.

ޖަޕާނުގައި މިފަދަ ހަމަލާ ތަކަކީ އާންމުކަމެއް ނޫނެވެ.

ޖަޕާނުގެ ނަގަނޯ ޕްރިފެކްޗާގައި ދިން މިހަމަލާގައި އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާއިރު، ދެ ފުލުހަކަށް ބަޑިން ހަމާލީ މަރާލައިފައިވެއެވެ. މިހާދިސާގައި ހަތަރުވަނަ މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އޭނާގެ މަރުގެ ތަފްސީލެއް ޖަޕާނުގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަންޒަރުދުށް ފަރާތަކުން ހާމަކުރިގޮތުން، އަންހެން މީހާ މަރާލުމުގެ ކުރިން ތޫނު ހަތިޔާރެެއް ހިފައިގެން ހަމަލާ ދިން މީހާ އޭނާގެ ފަހަތުން ދުވިއެވެ. އަދި އޭނާ ހަމަލާ ދިން ފުލުހުންނަނީ އަންހެން މީހާއަށް ހަމަލާދިން ހާދިސާގެ ރިޕޯޓު ލިބުމުން އެސަރަހައްދަށް ދިޔަ ދެފުލުހުންކަމަށް ވެއެވެ.

ޖަޕާނުގެ ފުލުހުން އާންމުކޮށްފައިވާގޮތުން، މިހަމަލާތައް ދިންކަމަށް ޝައްކުކުރެވޭ މީހާ އަކީ ސިޔާސީ ބޭފުޅެއްގެ ފިރިހެން ދަރިއެކެވެ. އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ ނަމަކީ މަސާނޯރީ އައޯކީ ކަމަށް ޖަޕާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރި ނަމަވެސް އޭނާ ހަމަލާދިން ސަބަބު އަދި ނޭނގޭކަމަށް ފުލުހުން ބުނެއެވެ.

ބަޑީގެ ހަމަލާއެއްގައި މިދިޔަ އަހަރުގެ ޖުލައި މަހު، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި ނަމަވެސް ޖަޕާނުގައި ބަޑިން ހަމަލާ ދިނުމަކީ އެއްވެސް ވަރަކަށް އާންމުކަމެއް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަޕާނަށް ދަތުރު ކުރާ ފަރާތްތައްވެސް ޖަޕާނަކީ ދިރިއުޅުމަށް ސުލްހަވެރި ރައްކާތެރި ގައުމެއްގެ ގޮތުގައި ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން