ފަރުބަދަ މަތީން ސްނޯ އަދި އައިސް ކުއްލިއަކަށް ފޭބުމުގެ ހާދިސާ، ނުވަތަ އެވަލާންޗެއްގެ ސަބަބުން ޕާކިސްތާނުގެ 11 މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ފަރުބަދަތައް ހުރަސްކުރި ނޮމެޑިކް ޓްރައިބްގެ މީހުންކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަތަރު އަހަރުގެ ކުޑަކުއްޖެއް ހިމެނެއެވެ.

މިހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް އާންމު ކުރެއްވި ބަޔާނެއްގައި މިފަދަ ހާދިސާތައް ޕާކިސްތާނުގެ ފަރުބަދަ ގިނަ ސަރަހައްދުތަކުގައި ގިނަވަމުންދާކަން ހާމަކުރައްވާފައިވެއެވެ. އަދި މިފަދަ ހާދިސާތައް ގިނަވަމުންދަނީ މޫސުމީ ބަދަލުތަކާއި ގުޅިގެންކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ފިނިހޫނުމިން މަތިވުމުން ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑުވެގެންދާ ދިހަ ގައުމުގެ ތެރޭގައި ޕާކިސްތާނުވެސް ހިމެނެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ރެކޯޑް އަދަދަކަށް މޫސުން ގޯސްވެ ވާރޭވެހުމާއި، އުތުރުގެ ފަރުބަދަތަކުގެ އައިސް ގިރުމުގެ މައްސަލަތަކަކީ މިފަހަކުން އިތުރުވެފައިވާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން