ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ރިޔާސީ އައު ދައުރަކަށް އިންތިހާބުވެވަޑައިގެންފިއެވެ.

މުސްލިމު ވަރުގަދަ ޝަހުސިއްޔަތެއްކަމަށްވާ އުރުދުޣާން ރިޔާސީ އައު ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވާފައިވަނީ ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެންނެވެ.

ހަބަރުތައް ބުނާގޮތުން 95 އިންސަތަ ވޯޓް ގުނާފައިވާއިރު އުރްދުޣާން ވަނީ ވޯޓްގެ 50 އިންސައްތައަށްވުރެ އިތުރަށް ހޯއްދަވާފައެވެ.

މޭ 14 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިފައެއް ނުވެއެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރެއްވީ އެންމެ ގިނައިން ވޯޓް ލިބުނު ދެ ކެންޑިޑޭޓުންނެވެ.

އެގޮތުން ދެވަނަ ބުރުގައި އުރުދުޣާނާ ވާދަކުރައްވާފައި ވަނީ އިދިކޮޅު 6 ޕާޓީއެއް ހިމެނޭ ކޯލިޝަންގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީ.އެޗް.ޕީ)ގެ ކެނޑިޑޭޓު ކެމާލް ކްލިޗްތަރޯލޯއެވެ.

އުރުދާޣާނަށް އިތުރު ދައުރެއް ލިބިވަޑައިގެންނެވުމަކީ ހުޅަނގުން ބޭނުންވާ ގޮތެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން