ސެލްފީއެއް ނަގަނިކޮށް ވެއްޓުނު ފޯނު ނެގުމަށް ފެން ރިޒާވެއް ހިއްކާލި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑުކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޭމެއް ނުވަތަ ފެން ރިޒާވްގެ ތެރެއަށް ސެލްފީއެއް ނަގަނިކޮށް ވެއްޓުނީ ފުޑް އިންސްޕެކްޓަރު ރާޖޭޝް ވިޝްވާސްގެ ސްމާޓްފޯނެވެ. އޭނާގެ ސްމާޓްފޯނު ވެއްޓުނީ ޗައްޓިސްގަރު ސްޓޭޓްގެ ކަންކަރ ޑިސްޓްރިކްޓްގެ ޚެރްކައްޓާ ޑޭމް ނަމަކަށް ކިޔާ ފެން ރިޒަރވްއަކަށެވެ.

ފޯނު ވެއްޓުމުން ފެން ރިޒާވް ހިންދުމުގެ ކުރިން ވިޝްވާސް ފުރަތަމަ އެދުނީ ޑައިވަރުން ރިޒާވަރަށް އެރި އެފޯމު ހޯދުމަށެވެ. އޭނާ ބުނިގޮތުން އެފޯނުގައި ސަރުކާރުގެ ނާޒުކު މުހިންމު މައުލޫމާތުތަކެއްވެސް ހިމެނެއެވެ. ނަމަވެސް ޑައިވަރުންގެ މަސައްކަތްވީ ނާކާމިޔާބެވެ.

ދެން ފެށުނީ ފެން ރިޒާވް ހިންދާށެވެ. ފެން ރިޒާވް ގައި ހުރި ދެމިލިއަން ލީޓަރުގެ ފެން ޕަމްޕުކޮށްގެން ފޯން ނެގުނީ ތިން ދުވަހުގެ ތެރޭގައެވެ. އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުނުކަމަށްވެސް ވިޝްވާސް ބުނެއެވެ.

ފެން ރިޒާވުން ފެން ހިއްކައި ފޯނު ނެގިއިރު ބޭނުން ނުކުރެވޭވަރަށް ފެން ވަދެ ފޯން ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިމައްސަލައިގައި ވިޝްވާސް ސަަސްޕެންޑުކޮށްފައިވަނީ ފެން ބޭކާރު ކުރުމުގެ އިތުރުން ސަރުކާރުގެ އާލާތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައެވެ. އަދި ފެން ރިޒާވުން ފެން ހިންދީ ނަގަން ޖެހޭ ހުއްދަތައް ރަނގަޅަށް ނުނަގައިކަމަށްވެސް އެސަރަހައްދުގެ ކަމާބެހޭފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން