ސްރީލަންކާގައި މަރުގެ ހުކުން އިއްވާފައިވާ ގައިދީއަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވެއްޖެއެވެ.

ސްރީލަންކާގައި ހޯމަ ދުވަހު ފެށި ޖީސީއީ އޯލެވެލް އިމްތިހާނުގައި މަރުގެ ހުކުން އިއްވާފައިވާ ގައިދީގެ އިތުރުން ޖުމްލަ 10 ގައިދީއަކު ބައިވެރިވެ އިމްތިހާނު ފުރިހަމަ ކުރަމުންދާކަމަށް ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް ޕްރިސަންސް އިން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރި ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް ޕްރިސަންސްގެ ތަރުޖަމާނު ބުނީ ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވަމުންދާ ދިހަ ގައިދީންނަކީ ލަންކާގެ ދެ ޖަލެއްގައި ތިބި ގައިދީންކަމަށެވެ. އަދި އެމީހުން އިމްތިހާނުގައި ބައިވެރިވަމުންދަނީ އެދެ ޖަލުގައި އިމްތިހާނު ހެދުމަށް ގާއިމުކޮށްފައިވާ އެގްޒެމިނޭޝަން ސެންޓަރު ތަކުގައިކަމަށެވެ.

މީގެއިތުރުން، ލަންކާގެ ގައިދީންނަށް ހާއްސަކޮށް ތައުލީމު އުނގެނުމުގެ ފުރުސަތުތައް އިތުރު ކުރުމުގެ ސަބަބުން ޖީސީއީ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ގައިދީންގެ އަދަދު އިތުރުވަމުންދާކަމަށް ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް ޕްރިސަންސްގެ ތަރުޖަމާނު ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން